ޚަބަރުސިޔާސީ

ރައީސް ސޯލިހު ރައްޔިތުންގެ އެތަށް ހައްގުތަކަށް އަރައިގަނެފި: ޖަމީލް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ އެތައް ޙައްގުތަކަކަށް އަރައިގެންފި ކަމުގައި ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު ގައިރު ގާނޫނީ އެތަށް ކަމަކަށް އަރައިގަނެފައިވާ ކަމުގައެވެ.

ޖަމީލް ވިދާޅުވީ އެންޓި ކޮރަޕްޝަން ކޮމިޝަން ( އޭސީސީ ) އެކުލަވާނުލާ އެތައްދުވަހެއް ވެއްޖެކަމަށާއި އެތައްކަމެއް ބެލޭނެ ގޮތެއް މިއަދު ނެތް ކަމުގައެވެ. އަދި ވަޒީރުންގެ މައްޗަށް ޖިނާއީ ދައުވާކުރިއަށްދާއިރު އެމީހުން މަގާމުތަކުގައި ބައިތިއްބައިގެން ކުރިއަށްދާކަން ވެސް ޖަމީލް ފާހަގަ ކުރެއްވިއެވެ.

ޖަމީލް އިތުރަށް ވިދާޅުވީ ރަށްތަކުގެ ހަމައަގު ނުލިބޭކަމަށް ބުނެ ކަމިޝަންހެދުމަށްފަހު އެޕާޓުމަންޓަކަށްވުރެ ހެޔޮ އަގުގައި ރަށްތައް ދޫކުރަން ފަށައިފައިވާ ކަމުގައެވެ. އަދި މިއީ ރައީސް މައުމޫން އެމަނިކުފާނުގެ ވެރިކަމުގައި ވެސް އުޅުއްވިގޮތް ކަމުގައި ޖަމީލް ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button