ޚަބަރުސިޔާސީ

ކޮމަންޑޫއިން ރައީސް ޔާމީނަށް ހޫނު މަރުހަބާއެއް!

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ށ.ކޮމަންޑޫ އިން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ކޮމަންޑޫއަށް ރައީސް ޔާމީން ވަޑައިގެންނެވީ މިއަދު ހަވީރު 04:30 އެހާކަންހާއިރެވެ.

އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާއި ޔާމީންގެ ސަޕޯޓަރުން ވަނީ ބަނދަރުމައްޗަށް ނިކުމެފައެވެ.

ޔާމީން ކޮމަންޑޫއަށް ވަޑައިގެންނެވީ ހުސްވެފައިވާ ކޮަމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ބައި އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓު މޫސާ ފަތުހީގެ ކެމްޕެއިނަށެވެ.

ކޮމަންޑޫ ދާއިރާގެ އަނެއް ދެ ރަށް ކަމަށްވާ ފޯކައިދޫ އާއި މަރޮށްޓަށްވެސް ޔާމީން ވަޑައިގަންނަވާނެއެވެ. މީގެ އިތުރުން އެއަތޮޅު ވެރިކަން ކުރާ ރަށް ކަމަށްވާ ފުނަދޫ ރައްޔިތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލުމަށް އިންތިޒާމް ކުރާ “އިންޑިއާ އައުޓް” ކެމްޕެއިނުގައި ބައިވެރިވެވަޑައިގަތުމަށް އެ ރަށަށްވެސް ޔާމީން ވަޑައިގަންނަވާނެއެވެ.

ކޮމަންޑޫ ދާއިރާގެ 3 ރަށުގައިވެސް އިދިކޮޅުގެ އިސްވެރިންނާއި، އަންހެނުންގެ ހާއްސަ ޓީމަކާއި، ޒުވާނުންގެ ޓީމެއް ދަނީ ފަތުހީގެ ކެމްޕެއިނުގައި އަމަލީގޮތުން ބައިވެރިވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button