
ހުޅުމާލެއިން ގޯތި ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ފޭސް 2 އިން 60 ގޯތި ވިއްކުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބީލަމަށް ލުމާގުޅިގެން ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ އާމްދަނީ މަދު މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތްކަމުގައެވެ. އަދި އާންމުން އެފަދަ ހާލަތެއްގައި ތިއްބާ ހުޅުމާލެއިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ނަޝީދު ވިދާޅުވިއެވެ.
Male’ sarahadhuga dhiriulhey aanmdhanee madhu meehunah bin libeyne gotheh nethi HulhuMale’ in bin vikkumakee balaiganeveyne kameh noon. Mi siyaasath badhalu kurumah sarukaarah govaalan
— Mohamed Nasheed (@MohamedNasheed) December 27, 2021
ނަޝީދު ވަނީ އެ ސިޔާސަތު ބަދަލު ކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
މިކަމާގުޅިގެން މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒުވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
މުއިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ހުޅުމާލެ 2 ވަނަ ފިޔަވަހިން މާލޭ ރައްޔިތުންނަށް ގޯތި ލިބޭނެގޮތް ފަހިކޮށްދިނުމަށްވުރެ ސަރުކާރުން އިސްކަންދެނީ ކުންފުންޏެއްގެ އާމްދަނީ އިތުރުކުރުމަށް ކަމުގައެވެ.