ޚަބަރުސިޔާސީ

ސަރުކާރުން މުޅި އޭވިއޭޝަން އިންޑަސްޓްރީ ފުނޑާލައިފި: ކްޕެޓަން އަމީން

ސަރުކާރުން މުޅި އޭވިއޭޝަން އިންޑަސްޓްރީ ފުނޑާލައިފި ކަމަށް އެމްއޭސީއެލްގެ ކުރީގެ ބޯޑު މެންބަރު އަދި އައިލެންޑް އޭވިއޭޝަން ލިމިޓެޑްގެ ކުރީގެ ޑިރެކްޓަރ ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ކެޕްޓަން އަމީން މިހެން ވިދާޅުވީ ޕައިލެޓުން ތަމްރީނު ކުރުމަށް އައްޑޫގައި ހިންގާ އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އާއެކު ވެފައިވާ އެއްބަސްވުން އެވިޑް ކޮލެޖުން އިއްޔެ ބާތިލް ކުރުމާ ގުޅިގެން އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ.

އަމީން ވިދާޅުވިގޮތުގައި 2010 ވަނަ އަހަރުން ފެށިގެން ހިންގަމުން އައި އައްޑޫ ފްލައިން ސްކޫލް ބަންދު ކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.

”ބައްލަވާ 150 އަށް ވުރެ ގިނަ ދަރިވަރުންނަށް އޮޅުވާލައިގެން ހުވަފެން ދެއްކީ އެވިޑް ކޮލެޖަށް ސިވިލް އޭވިއޭޝަންގެ ހުއްދަ ނުލިބޭނެކަން ސަރުކާރަށް އެނގިތިބެ“ ކެޕްޓަން އަމީން ވިދާޅުވިއެވެ.

އޭއޭއޭގެ ދަރިވަރުންނާއެކު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އިއްޔެ ބޭއްވި ބައްދަލުވުމުގައި، އެވިޑުގެ ޗެއާމަން މުޝްތާގު ރަޝާދު ވަނީ އެއްބަސްވުން އުވާލަން ޖެހުނު ސަބަބު ހާމަކުރައްވާފައެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ސަރުކާރުގެ ބައެއް އިދާރާތަކުން އެއްބާރުލުން ނުލިބުމުގެ ސަބަބުން، ޕްލޭނާ އެއްގޮތަށް ކަންކަން ކުރިއަށް ނުގެންދެވުނީއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button