ޚަބަރުސިޔާސީ

އައްޑޫ ސިޓީގައިވެސް އިންޑިއާ އައުޓް ކެމްޕެއިން!

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ދެކޮޅަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހިންގާ ”އިންޑިއާ އައުޓް“ ކެމްޕެއިނުގެ ހަރަކާތެއް އައްޑޫ ސިޓީ ފޭދޫގައި ކުރިޔަށް ގެންގޮސްފިއެވެ.

އިދިކޮޅު ކޯލިޝަންގެ ގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވިގޮތުގައި އައްޑޫ ސިޓީގައި ހަވީރު ކުރިޔަށް ދިޔަ މި ހަރަކާތުގައި އެ ސިޓީގައި ތިބި އިންޑިއާ ސިފައިން ފައިބަން ވަނީ ގޮވާލާފައެވެ.

އިންޑިއާ ސިފައިންނާ ދެކޮޅަށް ހިންގާ މި ހަރަކާތުގެ މުގުލުގައި ހުންނެވީ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

އެމަނިކުފާނު އަންނަނީ އިންޑިއާ އައުޓް ކެމްޕެއިން ފުޅާ ކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން ކގުރައިދޫ އާއި، ކ.ތުލުސްދޫގެ އިތުރުން ފނިލަންދޫ ގައި ބޭއްވި އިންޑިއާ އައުޓް ހަރަކާތުގައި ރައީސް ޔާމީން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

މި ހަރަކާތް ފުޅާވަމުން ދާތީ ސަރުކާރުން ވަނީ މިކަމަށް ހުރަސްއަޅަން ނިންމާފައެވެ. އެކަމަކު އިދިކޮޅުން ބުނާގޮތުގައި އިންޑިއާ އައުޓް ހަރަކާތް ހުއްޓުމެއް ނެތި ކުރިޔަށް ގެންދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button