2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ރައީސް އަހުމަދު ޝަރީފަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޝްވަތު ދެއްވިކަން އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ހާމަކުރައްވައިފިއެވެ.
”މިނިވަންކަމުގެ ދިފާއުގައި ދިވެހީން“ މިނަމުގައި ޗެނަލް-13 އިން މިރޭ ކުރިޔަށް ގެންދިޔަ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެންބަރު މުހައްމާ ވިދާޅުވީ ރިޔާސީ އިންތިހާބު ވަގަށް ނެގުމަށްޓަކައި އެމްޑީޕީ އިން ފައިސާގެ ކަންކަން އެކި ގޮތްގޮތަށް ހިންގި ކަން ޔަގީން ކަމާއެކު ވިދާޅުވާން ކެރޭނެ ކަމުގައެވެ. އިންތިހާބުގެ ދުވަސްވަރު މުހައްމާ ހުންނެވި ތަނެއްގައި ހިނގާދިޔަ ކަމެއް އިހުލާސްތެރި ކަމާއެކު ހިއްސާ ކުރައްވަން ބޭނުން ވާކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އީސީ ޝަރީފް ”ރަނގަޅުވާނެތޯ“ އާއި އިންތިހާބުގައި ގޯހެއް ނަހައްދަވާނެ ތޯ ރައީސް ސޯލިހު އާ ސުވާލު ކުރެއްވި ކަމުގައެވެ.
”ބުނީމާ އިބޫ ވިދާޅުވީ ރަނގަޅުވާނެއޭ. އަޅުގަނޑު ބުނިން ރައީސް ޔާމީންގެ ވަރަށް އަރިސް ބޭފުޅެއް ނޫންހޭ. ދެން ކިހިނެއްހޭ އަޅުގަނޑުމެންނަށް އޭނާ ވަކި ރަނގަޅަށް ކަމެއް ކޮށްދޭނީ. އިންތިހާބުގަ އަޅުގަނޑުމެންނަށް ކޮން އެހީތެރިކަމެއް ހޭ ދޭނީ.“ މުހައްމާ ވިދާޅުވިއެވެ.
ޖަވާބުގައި ”ހުރިހާ ކަމެއްވެސް ރަނގަޅުވާނެ“ ކަމަށް ރައީސް ސޯލިހު ވިދާޅުވިކަން މުހައްމާ ފާހަގަކުރެއްވިއެވެ.
އެވާހަކަ ދައްކަމުން ދިޔަތާ އިރިކޮޅެއް ވީ ފަހުން އީސީ ޝަރީފް ރައީސް ސޯލިހަށް (މުހައްމާގެ ހާޒިރުގައި) ގުޅުއްވި ކަމަށާއި، ޝަރީފްގެ އަޑު ބަރާބަރަށް އިވޭކަމަށްވެސް މުހައްމާ ވިދާޅުވިއެވެ،
”އިބޫ އަހާލި ކޮބާ ޝަރީފް ކިހިނެއްތޯއޭ. ދެން އެކޮޅުން ހަމަ، ޝަރީފް ދެންނެވި ރަނގަޅޭ ހުރިހާ ކަމެއްވެސް، މަނިކުފާނު (ރައީސް ސޯލިހު) ބޭނުންވާ ގޮތަށް ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށޭ.“ މުހައްމާ ވިދާޅުވިއެވެ.
އެވާހަކަތައް އަޑު އެއްސެވުމަށްފަހު (ފޯނު ނިމުނީމަ) ޝަރީފަށް އިތުބާރު ކުރެވޭތޯ ރައީސް ސޯލިހަށް ދެންނެވިކަމަށް މުހައްމާ ވިދާޅުވިއެވެ.
”އިބޫ ދެންނެވި އެމަނިކުފާނުގެ ފަރާތުން ރަނގަޅު އެހީތެރިކަމެއް ވާނެއޭ ޝަރީފަށް ދީފަ، އެހެންވީމަ އިންތިހާބު ދާނީ އަޅުގަނޑުމެން ބޭނުންވާ ގޮތަށޭ.“ މުހައްމާ ވިދާޅުވިއެވެ.
މުހައްމާ ވިދާޅުވިގޮތުގައި އެދުވަސްވަރު އިލެކްޝަންސް ކޮމިޝަނަށް ރައީސް ސޯލިހު މެދުވެރިކޮށް ފައިސާގެ އެހީތެރިކަން ގޮސްފައިވާކަން އެކަންކަމުން ހާމަވެގެން ދެއެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިހާބަކީ ހާއްސަކޮށް އީސީ ޝަރީފް މެދުވެރިކޮށް ނުފޫޒު ފޯރުވައިގެން ވަގަށް ނެގި އިންތިހާބެއްގެ ގޮތުގައި މުހައްމާ ވަނީ ސިފަކުރައްވާފައެވެ.
”އެއީ އަޅުގަނޑުގެ ޒަމީރު ގަބޫލު ކުރާގޮތް. އަޅުގަނޑު ގަބޫލުކުރާ ގޮތަކީ އަދި ކޯޓަކުން ސާބިތުވާން ޖެހޭ ކަމެކޭ ނުދަންނަވަން. އެކަމަކު އަޅުގަނޑަށް ހުވާކުރަން ކެރިދާނެ މި ބީދައިން (ރައިސް ސޯލިހު) ވާހަކަ ދެއްކިކަން. ކުރިމަތީގައި ފައިސާގެ މުއާމަލާތް ހިންގިއެކޭ ނުދަންނަވަން. އެކަމަކު ތަކުރާރުކޮށް މިދަންނަވަނީ އިބޫ ވިދާޅުވިގޮތް.“ މުހައްމާ ވިދާޅުވިއެވެ.
މުހައްމާ ގަބޫލު ކުރައްވާގޮތުގައި ރައިސް ސޯލިހުގެ ކިބައިން ޝަރީފަށް ވަނީ ރިޝްވަތުގެ ފައިސާ ލިބިފައެވެ.
ކުއްލިއަކަށް މިއަދު މުހައްމާ އެވާހަކަތައް ހާމަކުރެއްވީ ކީއްވެތޯ ޗެނަލް-13 ގެ ޕްރެޒެންޓަރު ސުވާލު ކުރުމުން އޭނާ ވިދާޅުވީ މިއަދު ގައުމުގެ ހާލަތު އޮތް ގޮތުގެ ސަބަބުން ރައީސް ސޯލިހާއި ޝަރީފްގެ ފޯނު ކޯލުން އިންޑިއާގެ ބީޖޭޕީ ސަރުކާރު އަޑީގައި އޮވެގެން އިންތިހާބު ވަގަށް ނެގި ކަމުގެ އިހުސާސް ވަރަށް ބޮޑަށް ކުރެވޭ ކަމުގައެވެ.
”މިއަދު ގައުމުގެ ހާލަތު މިހާ ހިސާބަށް ދިޔާމަ، އިންޑިއާގެ އެހީތެރިކަމުގެ ތެރެއިން އިންތިހާބަށް އެކި ގޮތްގޮތަށް ފަންޑު ހޯދާ، ކެމްޕެއިނަށް ފައިސާ ހޯދާ، މިކަންކަން ކޮށްފަ ހުރިކަން އަޅުގަނޑަށްވެސް އިހުސާސް ކުރެވޭތީ، އަޅުގަނޑުވެސް ގަބޫލު ކުރާ ގަބޫލު ކުރުމެއްގެ ވާހަކަ މި ދެންނެވީ.“ މުހައްމާ ވިދާޅުވިއެވެ.
ކަން ހިނގައިދިޔަ ގޮތާއި, ދެކެވުނު ވާހަކަ ތަފްސީލް ކޮށްދިންކަން ފާހަގަކުރައްވައި މުހައްމާ ވިދާޅުވީ ބަޔަކު މީހުން ކަމެއް ކުރިކަން ސާބިތު ކުރާނީ އޭނާ ނޫން ކަމުގައެވެ.
މުހައްމާ އަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޕީޕީއެމް ދޫކޮށް ރައީސް ސޯލިހުގެ އަރިހުގައި ވަރަށް އިސްކޮށް ކެމްޕެއިން ކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު އާއި ވެސް އެކި ފަހަރުމަތިން މުއާމަލާތް ކުރައްވައި ބަދަލުވެސް ކުރައްވާފައެވެ.
ކޮބާ އަދިވެސް ހަމަ ވާނެ
Thee rdklhu gondigelli vagunge jeebah vettunyma vaagoiythee Bala vote leeves guneeves raiyyithunge kurimatheega