ޚަބަރުސިޔާސީ

އީސީ ޝަރީފަށް 5 މިލިޔަން ރުފިޔާ ދިންކަމަށް ރައީސް ސޯލިހު ވިދާޅުވި: މުހައްމާ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ކުރީގެ ރައީސް އަހުމަދު ޝަރީފު އަށް 5 މިލިޔަން ރުފިޔާ ދެއްވިކަމަށް އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވެއްޖެއެވެ.

ޗެނަލް 13 ގެ ނިއުސްޓޯކް ޕްރޮގްރާމުގައި ބުދަ ދުވަހު ވާހަކަ ދައްކަވަމުން މެންބަރު މުހައްމާ ވިދާޅުވީ އޭނާގެ ހާޒިރުގައި ރައީސް ސޯލިހާއި އީސީ ޝަރީފްގެ ފޯން ކޯލެއް ހިނގިކަމުގައެވެ. އެ ފޯނު ކޯލު ސްޕީކަރަށް ލާފައި ހުރިކަން ފާހަގަކުރައްވައި މުހައްމާ ވިދާޅުވީ އިންތިހާބުގެ ކަންކަން ރައީސް ސޯލިހު ބޭނުންފުޅުވާގޮތަށް ނިމޭނޭ ކަމުގެ ޔަގީންކަން ޝަރީފް ދެއްވި ކަމުގައެވެ. އަދި ފޯނު ކޯލަށް ފަހު ޝަރީފަށް އިތުބާރު ކުރަންތޯ ދެންނެވުމުން އޭނާ އަށް ފުދޭވަރެއްގެ ބޮޑު އެހީތެރިކަމެއް ދެއްވި ކަން ރައީސް ސޯލިހު ފާހަގަކުރެއްވިކަމަށްވެސް މުހައްމާ ވިދާޅުވިއެވެ.

”ދެން އަދަދެއްވެސް ދެންނެވި. 5 މިލިޔަން ރުފިޔާއަށްވުރެ ބޮޑު އެހީތެރިކަމެއް މިހާރުވެސް ވެދީފަ ވާނެކަމަށް. އަޅުގަނޑަށް އޭގެން ސިފަ ވަނީ ލައްކަ ފައިސާ އަދިވެސް ދޭން ނިންމާފައިވާނެކަމަށް.“ މުހައްމާ ވިދާޅުވިއެވެ.

މުހައްމާ ވިދާޅުވިގޮތުގައި އެ ފޯނު ކޯލު ހިނގީ 2018 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހުގައެވެ. އެދުވަހަކީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަން ބަދަލުކުރުމަށް ޖުޑިޝަރީތެރެއިން ބަޣާވާތެއް ހިންގަން އުޅުނު ދުވަހެވެ. އެ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަކާ ގުޅިގެން މުޅި ސަރުކާރު އެލާޓަށް އައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button