ޚަބަރުސިޔާސީ

އޭސީސީގެ މެންބަރުންނަށް އެންގީ 5 ދުވަސް ތެރޭގައި ލިޔުމުން ޖަވާބުދާރީ ވުމަށް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ހުރިހާ މެންބަރުން ވަކިކުރުމުގެ މައްސަލާގައި އެ ބޭފުޅުން ޖަވާބުދާރީ ވުމަށް ފަސް ދުވަހުގެ މުހުލަތެއް ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

އޭސީސީގެ މެންބަރުން ވަކިކުރުމުގެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވީ، އެކޮމިޝަނުގެ މެންބަރުން މަސައްކަތްކުރައްވާ ގޮތް ބެލުމަށް އޮޑިޓާ ޖެނެރަލް އޮފީހުން ހެދި ޕާފޯމޭންސް އޮޑިޓާ ގުޅިގެން ހުރިހާ މެންބަރުން ވަކިކުރަން ފެންނަ ކަމަށް ކޮމެޓީއިން ނިންމި ރިޕޯޓް މަޖިލީހުގެ ރިޔާސަތަށް ފޮނުވުމުން މިއަދު ބޭއްވި ދައުރުން ބޭރު ޖަލްސާގައެވެ،

އެއަށްފަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައި ފާސްކުރެވުނީ އޭސީސީގެ މެންބަރުން ޖަވާބުދާރީ ވުމަށް 5 ދުވަހުގެ މުހުލަތެއް ދިނުމަށެވެ.

މިވަގުތު ކޮމިޝަނުގައި ތިއްބެވީ 3 މެންބަރުންނެވެ. އެއީ ކޮމިޝަނުގެ ރައީސް މަރިޔަމް ޝިއުނާ، ނައިބު ރައީސް ފާޠިމަތު އަނޫލާ އަދި މެންބަރު ޢާއިޝަތު ޢަބްދުﷲއެވެ. ކޮމިޝަނުގެ މެންބަރު އަލީ އަޝްރަފު މީގެ ކުރިން އިސްތިއުފާ ދެއްވިއިރު އިއްޔެގެ ވަގުތުގައި މެންބަރު މުހައްމަދު ޝަކީލުވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button