ޚަބަރު

ކޭމް އިން ބުނަނީ ކްލަބްހައުސް ބްލޮކް ނުކުރާކަމަށް، ވަދެވެނީ ވީޕީއެން ބޭނުންކޮށްގެން

ދުނިޔޭގެ އެންމެ މަގުބޫލު އޯޑިއޯ ޗެޓް އެޕްލިކޭޝަން ކަމަށްވާ ކްލަބްހައުސް ބްލޮކް ނުކުރާކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފިއެވެ.

މިއަދުގެ ވަގުތެެއްގައި ރާއްޖެއަށް ކްލަބްހައުސް ޑައުން ވުމާގުޅިގެން ކޭމުން އެޕްލިކޭޝަން ބްލޮކް ކުރިކަމަށް އާންމުންގެ މެދުގައި އަންނަނީ ވާހަކަ ދެކެވެމުންނެވެ.

މިކަމާ ގުޅިގެން އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އިލްޔާސް އަހުމަދު ވިދާޅުވީ ކްލަބްހައުސް ބްލޮކް ނުކުރާ ކަމުގައެވެ. އަދި އެއީ އެޕްލިކޭޝަނަށް ދިމާވެގެން އުޅޭ މައްސަލައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އެކަމަކު ރާއްޖެ ނޫން އެހެން ގައުމުތަކަށް ކްލަބްހައުސް ލިބެއެވެ. އަދި ރާއްޖެއިން އެޕްލިކޭޝަނަށް ވަދެވެނީ ވީޕީއެން އަޅައިގެންނެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އަޑު އުފުލާތީ ސަރުކާރުން އަންގައިގެން ކްލަބްހައުސް ބޮލްކް ކޮށްފައިވާކަމަށް ވީޕީއެން އަޅައިގެން އެޕްލިކޭޝަން ބޭނުން ކުރަމުން އަންނަ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button