ޚަބަރު
ރަސްމާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިމުމާ ގާތަށް
ރ. ރަސްމާދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 74 ޕަސެންޓް ނިމިއްޖެއެވެ.
މި މަސައްކަތް ކުރިޔަށް ގެންދަނީ އެމްޓީސީސީ އިންނެވެ. އަދި މި މަސައްކަތުގެ ތެރެއިން އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް އެކުންފުނިން ވަނީ ނިންމާފައެވެ.
މި މަޝްރޫޢުގެ ދަށުން 8100 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 377 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 28.1 މިލިއަން ރުފިޔާގެ މަޝްރޫޢެއް.