ޚަބަރު

މިނީ ބަހުގައި ނަހުލާ ކުރި ހިތި ތަޖުރިބާ ހިއްސާކޮށްފި

މާލޭގައި މިނީ ބަހުގެ ހިދުމަތްދޭން ފަށާފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހުގައެވެ. ބަހުގެ ހިދުމަތް ދިނުމަށް 18 ބަސް ބޭނުންކުރާއިރު، އަށް ބަހަކީ ހާއްސަ އެހީއަށްބޭނުންވާ މީހުންނަށް އަރާ ފޭބޭ ގޮތަށް ރޭމްޕާއި ފުރޮޅުލީ ގޮނޑިއަށް ހާއްސަ ޖާގަތަކެއް ހަދާފައިވާ ބަސްތަކެކެވެ. ހާއްސަ އެހީއަށް ބޭނުންވާ ބަސްތަކުގައި 20 ގޮނޑި އަދި އެހެން ބަސްތަކުގައި 22 ގޮނޑި ހުރެ އެވެ. މީގެއިތުރުން 10 މީހުންނަށް ކޮޅަށް ހުރެގެން ދަތުރުކުރެވޭނެ ގޮތް ވެސް ވަނީ ހަމަޖައްސާފަ އެވެ.

މިނީ ބަހުގެ ހިދުމަތަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ތައާރަފް ކުރަން ނިންމި ހިދުމަތެކެވެ. އެކަމަކު އެ ހިދުމަތް ފެށޭވަރުވީ މި މަހުގެ 5 ވަނަ ދުވަހުގައެވެ.

މިނީބަހުގައި ދަތުރުކުރި ފުރުތަމަ ބަސް ދަތުރު، މަޝްހޫރު ފިލްމު ޑައިރެކްޓަރު ފާތިމަތު ނަހުލާގެ، ތަޖުރިބާ ފޭސްބުކްގައި ހިއްސާކޮށްފައިވެއެވެ. ނަހުލާ ގެ ފޭސްބުކް ޕޯސްޓްގައި ބަޔާންކޮށްފައިވަނީ، ބަހުގައި އެއްވެސް މައްސަލައެއް ނެތްކަމަށެވެ. އެހެންނަމަވެސް، ކުރެވުނީ އެހާމެ ރަނގަޅު ތަޖުރިބާއެއް ނޫންކަމަށެވެ.

ނަހުލާ ބަހަށް އެރީ އާއިލާގެ ތިން މެންބަރުންނާއި ކުޑަކުދިން ކޮޅަކާއިއެކު، މަޣްރިބާއި ޢިޝާ ނާމާދާ ދޭތެރޭގައެވެ. ނަހުލާގެ ޕޯސްޓްގައި އޭނާ އިން ބަހުގެ ޑްރައިވަރު ބްރޭކް ނަގަންވެގެން ބަސް ހުސްކުރުމަށް އެންގި ކަމަށާއި، އަދި ކުރިމަތީގައި އޮތް ބަހަށް އެރުމަށް އެންގިކަމަށް ބުނެފައިވެއެވެ. ނަހުލާ އިން ބަސް އޮތީ ފުރިފައިކަމާއި އަދި ކުރިމަތީ އޮތް ބަސްވެސް އޮތީ ފުރިފައި ކަމުން، އެ ބަހަށް ވެސް ނޭރި އެތަކެއް އިރުތަކެއް މަޑުކޮށްގެން ތިބެންޖެހުނެވެ. ކުރިމަތީ އޮތް ބަސް ފުރިފައި އޮތުމުގެ ސަބަބުން އަނެއްކާވެސް ދަރިންކޮޅު ގޮވައިގެން އެނބުރި އައި ބަހަށް އަރަން ދާން ޖެހުނެވެ. އަދި ކުރިމަތީ އޮތްބަސް ފުރިފައި އޮތުމުގެ ސަބަބުން، ކުރިން ދަތުރު ކުރި ބަހުގެ ސްޓާފުން އައިސް އޭނާގެ ގާތުގައި ”ތިއަށް ނޭރެންޔާ ދެން އައްނާށޯ އަނެއްކާ “ މިހެން ބުނި ކަމަށް ވެއެވެ. މީގެ އިތުރުންވެސް ”ދެން ނައްޓާލެވޭނީ 6 ވަރަކަށް މިނެޓް ފަހުން“ މިހެން ބުނެ ޑްރައިވަރު ފައިބައިގެން ގޮސް ބެރޭކް ނިމެންދެން ބަހުގައި ތިބި ހުރިހާ އެންމެން މަޑުކޮށްގެން ތިބެން ޖެހުނުކަމަށް ނަހުލާ ބުންޏެވެ. އެމްޓީސީސީ ޓެގްކޮށް ނަހުލާކޮށްފައިވާ ސުވާލަކީ ”މިއީ މިކަން އޮންނަގޮތްބާ!“ މި ސުވާލެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ދޭންފެ ފެށިތާ މަހެއްވާން ގާތްކޮށްފައިވާ އިރު ފަސޭހާ އާއިއެކު ރައްޔިތުންގެ ޝަކުވާތައް ގިނަވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.  

6 Comments

  1. ނަހުލާ އަށް އެނގިލައްވާތޯ އޭގެ ތެރޭގަ ޑްރައިވަރުން އެއުޅުއްވާހާލު
    ނުކާ ނުބޮއެ ތިކަހަލަ ތަންދޮރު ނޭގޭ އެޗިހީންގެ ހިދުމަތުގަ ކިތަށް ގަޑިއިރު ދުވާލަކު ޑިއުޓީ ކުރޭތޯ

  2. ޕަބްލޮކް ޓްރާންސްޕޯރޓް ނިޒާމަށް ބާރު ބޮޑު ކޮށް އެކަމުގެ ޙިދްމަތް ބޭނުންޖެހިފައިވާ މީހުންނަށް ފުރުސަތު ބަނިކިރަން ނޫނީ ކޯއްކިރަން ނަހުލާ ބަހައްއަރަންވީވެސް. ޕަބްލިކް ނިޒާމެއްގައި ތިހެން މަޑުކޮށްލަން ޖެހުމަކީ މައްސަލައެއްނޫން.. އެކަނބުލޭގެ އަކީ އަމިއްލަ ތަނަވަސްކަން އިންތިހާއަށް ބުރި ކަނބަލެއް. ޕަބްލިކް ޓްރާންސްޕޯރޓް.އެކަމުގެ ބޭނުން ކެހިފައިވާ މީހުންނަށް ދޫކޮށްލާ. ޒޫ ބަލާލަން ފިނިބުރަށް ގޭގަ ހުރި ވެހިކަލްގަ ދުރުވުން އިހްތިޔާރުކުރޭ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button