ޚަބަރު

މިއަދު ހުޅުވަން ބުނި ކުޑަގިރި ޕިކްނިކް އައިލެންޑުވެސް ކެންސަލް

މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ހާއްސަ ކޮށްގެން ސަރުކާރުން ތަރައްގީ ކުރަމުން އަންނަ ކ.ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވުމަށް އޮތް ތާރީހު ފަސްކޮށްފިއެވެ.

ކުރިން ސަރުކާރުން ބުނެފައިވަނީ މިނިވަން ދުވަހާ ގުޅުވައިގެން މިއަދު އެރަށް އާމުންނަށް ހުޅުވާލާނެކަމުގައެވެ. އެހެންނަމަ ވެސް މިހާރު ސަރުކާރުން ބުނަނީ ޕިކްނިކް އައިލެންޑު ހުޅުވުން ފަސްކޮށްފައި ވަނީ އެ ރަށުގައި ބައެއް ކަންކަން އަދިވެސް ފުރިހަމަވެފައި ނުވުމާއި، އެ ރަށް ފެހި ކުރުމަށް ކުރަން ހުރި ގިނަ މަސައްކަތްތަކެއް އަދިވެސް ނުނިމޭތީ ކަމަށެވެ.

ކުޑަގިރި ފަޅު ހިއްކާ އެ ފަޅުގައި ޕިކްނިކް އައިލެންޑު ތަރައްގީކުރަން ޕްލޭނިން މިނިސްޓްރީން އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 2022 ވަނަ އަހަރުއެވެ. އެ މަސައްކަތް 150 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރީ 41.4 މިލިއަން ރުފިޔާ އަށެވެ. އެރަށުގައި އަށް ހެކްޓަރުގެ ބިން ހިއްކާ 397.27 މީޓަރުގެ ބޮޑު ހިލައިގެ ބްރޭކްވޯޓާ އަކާއި، 428.32 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިންސް އަޅާފައިވެއެވެ.

ޕިކްނިކް އައިލެންޑަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. އެކަމަކު އެ މުއްދަތުގެ ތެރޭގައި އެ ވައުދު ނުފުއްދި، އެމަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމެން ގާތްވެފައި ވަނިކޮށް އަދިވެސް ރަށުގެ މަސައްކަތް ނުނިމޭކަން ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button