ޚަބަރު

މިނީ ބަހުގެ ހިދުމަށް ފަށަން ތަޔާރުވެއްޖެ

މޯލްޑިވްސް ޓްރާންސްފޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އަލަށް ފަށާ މިނީ ބަހުގެ ޚިދުމަތް ފަށަންތަޔާރު ވެއްޖެއެވެ.

މިކަން އިއުލާނުކުރުމުގެ ގޮތުން އެމްޓީސީސީ ނެރުނު ޕްރެސް ރިލީޒް ގައި މާލޭގައި ބަސް ދުއްވާނީ ދެ ރޫޓަކުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މިނީ މަހުގެ ޚިދުމަތް ފެށުމަށް މިމަހުގެ 16 ވަނަ ދުވަހު އެމްޓީސީސީން ވަނީ ބަސްތަކުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖެ ގެނެސްފައެވެ. މި ޝިޕްމަންޓުގައި 36 ބަހެއް ރާއްޖެ ގެނެސްފައިވެއެވެ. އަދި އިތުރު ފަސް ބަސް މިމަހު ފަހުކޮޅު ގެންނާނެކަމަށް އެމްޓީސީސީން ބުނެއެވެ.

ފުރަތަމަ ޝިޕްމަންޓުގައި ހިމެނޭ ބަސްތަކުގެ ތެރެއިން މާލޭގައި ބޭނުންކުރާނީ 12 ބަހެވެ. މި 12 ބަސް ދަތުރުތައް ކުރާނީ ދެ ރޫޓަކުންކަން އެމްޓީސީސީން ހާމަކޮށްފައިވާއިރު، ދެން އެންމެގިނަ ބަސް ބޭނުންކުރާނީ އައްޑޫ އަތޮޅު ފޭދޫ އާއި ހިތަދޫ އާއި ދެމެދު ދަތުރުތައް ކުރުމަށެވެ. އައްޑޫގެ ފޭދޫ އާއި ހިތަދޫ އާއި ދެމެދު ދަތުރުކުރުމަށް 8 ބަސް ބޭނުންކުރާއިރު މި ބަސްތަކުގެ ދަތުރުތައް 4 ރޫޓަކުން ކުރާނެއެވެ. މީގެއިތުރުން އައްޑޫ، ހުޅުމީދޫގައި ދަތުރުކުރުމަށް 4 ބަހެއް ހަމަޖައްސާފައިވާއިރު މި ބަސްތައް ހަތަރު ރޫޓަކުން ދަތުރުކުރާނެއެވެ. އަދު ފުވައްމުލަކު ސިޓީއަށް 5 ބަސް ހަމަޖައްސާފައިވާއިރު މި ބަސްތައް ދަތުރުކުރާނީ ތިން ރޫޓަކުންނެވެ. ލާމު މެއިންލޭންޑް (ގަން -ފޮނަދޫ) އަށް 5 ބަސް ހަމަޖައްސާފައިވާއިރު މި ބަސްތައް ހަތަރު ރޫޓަކުން ދަތުރުކުރާނެއެވެ. އަދި ލާމު އަތޮޅު އިސްދޫ އިން ކަލައިދޫ އާއި ދެމެދު ދެ ބަސް ދަތުރުކުރާއިރު މި ދެ ބަސްވެސް ދަތުރުތައް ކުރާނީ އެއް ރޫޓުންނެވެ.

މިނީ ބަހުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މާލޭގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލައް، ލ. ގަން، ލ. ފޮނަދޫ އަދި ލ. އިސްދޫކަލައިދޫގައެވެ.

ރާއްޖޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދަވައިދެއްވާނެ ކަމަށް ވިދާޅުވި އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ. މިނީ ބަހުގެ ހިދުމަތް ފެށޭނެ ކަމަށް ބުނެ ގިނަ ތާރީހުތަކެއް މީގެ ކުރިންވެސް ސަރުކާރުން އިއުލާނު ކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button