ޚަބަރުސިޔާސީ

ރިޔާސީ އިންތިހާބު ވަގަށް ނެގިކަން ފުލުހުންގެ ރިޕޯޓުން ހާމަވެއްޖެ: އިދިކޮޅު

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ވަގަށް ނެގިކަން ފުލުހުންގެ ރިޕޯޓުން ހާމަވެއްޖެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ނިމިދިޔަ އިންތިހާބުގައި ވޯޓު އޮޅުވާލާފައިވާ ކަމަށް ބުނާ މައްސަލައިގައި ފުލުހުންގެ ހިންގި ތަހުގީގުގެ މައްޗަށް އެކުލަވާލި ރިޕޯޓު ލީކުވުމާ ގުޅިގެން އިދިކޮޅުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ރިޕޯޓުގައި ދިވެހި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް ބޮޑެތި ކަންކަން ހުރިކަން ފާހަގަ ކުރެވޭ ކަމުގައެވެ

”މުޅި އިންތިޚާބުގައި ކަންހިގާފައިވާ ގޮތްތަކާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ނުކުތާތަކަށް ބަލާލުމުން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ނަގަމުން ދިޔަ އިރާއި، ވޯޓު ނަގާ ނިމި ނަތީޖާތައް ހަދަމުން ދިޔަ އިރު އިންތިހާއަށް ނުފޫޒު ފޯރުވާފައިވާ ކަން ވަރަށް ބޮޑަށް ވަނީ ހާމަވެގެން ގޮސްފަ،“ އިދިކޮޅުގެ ނޫސްބަޔާނުގައި ވެއެވެ.

އިންތިހާބަށް އޮފިޝަލުން ނަގާފައިވަނީވެސް ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމާއި، އިންތިހާބުގެ މަސައްކަތަކުގެ ތެރޭގައި ވޯޓު އޮޅުވާލުމުގެ އެތައް އަމަލެއް ހިނގާފައިވާކަން ހާމަވާކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ބޭރުގެ ފަރާތްތަކަކާއި ގުޅިގެން މިހާރު ވެރިކަމުގައި ތިބި ކޯލިޝަނުން އެ އިންތިހާބު ވަގަށް ނާގަފާއިވާކަން އެ ޕާޓީން ކުރިން ފާހަގަކުރިކަމާއި، ރާއްޖޭގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ނުވަނުމަށާއި، ރައްޔިތުންގެ މަސްލަހަތު ހިމެނޭ މިފަދަ ކަންކަމުގައި މިނިވަން މުއައްސަސާތަކުގެ ދައުރު ފުރިހަމައަށް އަދާކުރުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ. އަދި މިކަމާއި ގުޅޭ ފުރިހަމަ ތަހުގީގެއް މިހާރުން މިހާރަށް ހިންގުމަށް ކަމާ ބެހޭ އެންމެހާ މުއައްސާތަކަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button