ޚަބަރުސިޔާސީ

އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ފައިބަން: ރައީސް ޔާމީން

ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން ފައިބަން ޖެހޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ”މަރުހަބާ ރައީސް ޔާމީން“ ގެ ނަމުގައި ކާނިވާ ސަރަހައްދުގައި މިހާރު ކުރިޔަށްދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޔާމީން ވިދާޅުވިގޮތުގައި ރާއްޖެ އިންޑިއާގެ އަވަށަކަށް ނެހެދޭނެއެވެ. އަދި ރާއްޖޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ބޭރުގެ އަސްކަރިއަޔާއެއް މުހިންމު ނޫން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންޑިއާ އަކީ ރާއްޖޭގެ އަވަށްޓެރި ގައުމަކަށް ވިޔަސް ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެެއަށް ވަނުމުގެ ފުރުސަތު ނޯންނާނެކަން ރާއީސް ޔާމީންގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މި ޖަލްސާގެ ތެރޭގައި އިންޑިއާ މިލިޓަރީ އައުޓް ޕެޓިޝަނުގައި ސޮއި ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރެވުމުންނެވެ.

މިރޭގެ ޖަލްސާ އަކީ ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ކުރި 5 އަހަރުގެ ޖަލު ހުކުމް ސުޕްރީމް ބާތިލް ކުރުމާ ގުޅިގެން އެކަމުގެ އުފަލުގައި ޕީޕީއެމުން އިންތިޒާމްކުރި ޖަލްސާއެކެވެ.

ސުޕްރީމް ކޯޓުން ޔާމީން މިނިވަން ކުރީ ޖަލު ހުކުމުގައި އެމަނިކުފާނު 2 އަހަރު ހޭދަ ކުރެއްވުމަށް ފަހުގައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button