ޚަބަރުސިޔާސީ

28 ނޮވެންބަރު 2019 އަކީ ދިވެހި ތާރީހުގައި ކަޅު ދުވަހެއް :ޝިޔާމް

2019 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހަކީ ދިވެހި ތާރީހު ދުށް ކަޅު ދުވަހެއް ކަމުގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އެދުވަހަކީ ހަމަޔާ އިންސާފުގެ މައްޗަށް އަނިޔާވެެރިކަމާ ބޭއިންސާފު ގަދަވެ ދިވެހި ޖުމްހޫރިއްޔާގެ ގާނޫން އަސާސީ ނަގަހައްޓާ ދަމަހައްޓަންތިބި ޒިންމާދާރު މުއައްސަސާތައް ނުކުޅެދި ޑިމޮކްރަސީއަށް ރައްޔިތުންކުރި އުންމީދުތައް ވެއްޔާމޮޑެވި މުޅިނިޒާމާދޭތެރޭ ރައްޔިތުންގެ އޮތް ހަނި އިތުބާރުވެސް ގެއްލިގެންދިޔަ ދުވަހެއް ކަމުގައެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރި ދައުވާ އަކީ ސަރުކާރުން ސިޔާސީ މަންފާއަށް ފެބްރިކޭޓުކުރި މައްސަލައެއްގެ ގޮތުގައި ސިޔާމް ވަނީ ސިފަ ކުރައްވާފައެވެ. އަދި ތަޙުޤީގުން ފެށިގެން އެންމެމަތީ ކޯޓާހިސާބަށް އެމައްސަލަ ދަތުރުކުރިއިރު ހާމަކަންބޮޑުކޮށް ރައްޔިތުންނަށް ސަރުކާރުގެ ނުފޫޒު އޮތް މިންވަރު ފެނިގެން ގޮސްފައިވާނެ ކަމުގައި ސިޔާމް ވިދާޅުވިއެވެ.

ސިޔާމް އިތުރަށް ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނަވާތާ މިއަދަށް 2 އަހަރުވީއިރު ރައްޔިތުންނަށް މި 2 އަހަރުވެގެން މިދިޔައީ ރާއްޖޭގެ ތަރައްގީގެ ތާރީހު ހުއްޓި އިގްތިސާދު ފުންއަނދަވަޅަކަށް ވެއްޓި ގައުމު ބަނގުރޫޓުވެ ރައްޔިތުން ނިކަމެތިވެގެންދިޔަ 2 އަހަރަށް ކަމަށާއި ގައުމުގެ އިޖުތިމާއީ ފޭރާން މުޅިން ހަލާކުވެ މުޖުތަމައުގެ އާމާންކަމާ ރައްކާތެރިކަން ގެއްލިގެންދިޔަ 2 އަހަރަށް ކަމުގައެވެ. އަދި  ދިވެހި ގައުމުގެ ކަންކަން ނިންމުމުގައި ދިވެހިންނަށް ބަސް ނުބުނެވި ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލި އަޅުވެތިކަން ވެެރިވި 2 އަހަރަށް މި 2 އަހަރު ވެގެން ގޮސްފައިވާ ކަމަށާއި ސައްތައިން ސައްތަ އިސްލާމީ މިމުޖުތަމަޢުގައި އިސްލާމްދީނަށާ ރަސޫލު ﷺ އަށް ފުރައްސާރަކޮށް ﷲ ގެ ކަލާންފުޅަށް ގޮންޖަހާ މިސްކިތްތަކުގެ ހުރުމަތްކެނޑުން މި 2 އަހަރު ތެރޭގައި އާންމު ވެފައިވާކަން ސިޔާމް ފާހަގަކުރެއްވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button