ޚަބަރުސިޔާސީ

ރިފްޢަތު ދިފާޢުކުރަނީ ކޮމްޕްރޮމައިޒް ވެފައިތިބި މެންބަރުން: އާދަމް ޝަރީފް

ބަންޑާރަ ނައިބު އިބްރާހިމް ރިފްޢަތު ދިފާއު ކުރަނީ ކޮމްޕްރޮމައިޒް ވެފައި ތިބި މަޖިލިސް މެންބަރުން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ ސަރުކާރުން ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބައެއް ގެއްލޭ ގޮތަށް ޢަމަލުކުރި ކަމަށް ބުނެ ބަންޑާރަ ނައިބު ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުން

ރިފްޢަތު ދިފާޢުކޮށް އެމްޑީޕީއިން ނެރުނު ބަޔާނާއި ގުޅިގެންނެވެ.

އެމްޑީޕީ އިން ނެރުނު ބަޔާނުގައި ބުނީ ރިފްޢަތުގެ އަށް އެމްޑީޕީގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި، އޭނާ އާއި ދެކޮޅަށް ގުޅިފައިވާ އިއްތިހާދުން މަޖިލީހަށް ވައްދާފައިވާ އިތުބާރުނެއްކަމުގެ ވޯޓު ކާމިޔާބުވިޔަ ނުދޭނެ ކަމަށެވެ.
އެކަމާއި ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިފްޢަތު ދިފާއި ކުރަނީ މި ސަރުކާރުގެ ވައްކަމާއި ޚިޔާނާތުން ނާޖާއިޒް ފައިދާ ލިބޭ މަޖިލިސް މެންބަރުންނާއި އެމްއެމްޕީއާރުސީގެ ލިސްޓުގައި ނަން އޮތުމުގެ ސަބަބުން ކޮމްޕްރޮމައިޒް ވެފައި ތިބި މަޖިލިސް މެންބަރުން ކަމަށެވެ. އަދި އެމްޑީޕީގެ ހުރިހާ މަޖިލިސް މެންބަރުން ރިފްޢަތަށް އިތުބާރު ނުކުރާކަން މަޖިލީހަށް ހުށަހެޅި ލިޔުމުން އެނގޭނެ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވި އެވެ.

އެމްޑީޕީއިން ބުނީ ޤައުމުގެ ދިފާޢުގައި ގޮތެއް ނިންމުމުގައި ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ދީފައި ނުވާ އިން ވަކިކުރުމުގެ މައްސަލާގައި ބަންޑާރަނައިބު އިބްރާހިމް ރިފްޢަތު ކުރައްވާފައި ވަނީ ތަޢުރީފް ޙައްޤު ޒިންމާދާރު މަސައްކަތްތަކެއް ކަމަށެވެ. އަދި ރިފްޢަތުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލަ އެޕާޓީން ކުށްވެރިކުރާ ކަމަށާއި، މަޖިލީހަށް ވައްދާފައިވާ އިތުބާރުނެތް ކަމުގެ ވޯޓު ކާމިޔާބުވިޔަ ނުދޭނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button