ޚަބަރުސިޔާސީ

ޔޫޓީއެފް އެގްރީމެންޓް މަޖިލީހާ ހިއްސާކުރަނީ

އިންޑިއާ ސަރުކާރާއެކު މިދިޔަ ފެބްރުއަރީ މަހު ހެދި އުތުުރު ތިލަފަޅު (ޔޫޓީއެފް) ގެ އެއްބަސްވުމުގެ އަސްލު ރައްޔިތުންގެ މަޖިލީހާ ހިއްސާ ކުރަން ނިންމައިފި އެވެ.

މަޖިލީހުގައި މިއަދު ކުރިއަށް ދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ހެދުމަށް އިންޑިއާއާއެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން ހޯދުމަށް ޑިފެންސް މިިނިސްޓްރީގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިއަދު އެދޭނެ ކަމުގައެވެ.

”އޭގައިވާ އެއްޗެއް އަކުރުން އަކުރަށް ކިޔައި ދޭނެ. އެއީ ދައުލަތުގެ އެގްރިމެންޓެއް. މެންބަރުންނަށް ފޮރުވައިގެން އުޅޭ އެއްޗެއް ނޫން.“ ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިފަދައިން ވިދާޅުވީ ރާއްޖެ އިން އިންޑިއާއާއެކު ހަދަމުންދާ ބައެއް އެއްބަސްވުންތަކުގެ ސަބަބުން، ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ވިދާޅުވެ، އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ ކޮޕީއެއް ހޯދުމަށް މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ހުށަހެޅުއްވުމާއި ގުޅިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button