ޚަބަރުސިޔާސީ

އައު ފޮރިން މިނިސްޓަރަކު އައްޔަނު ކުރުމަށް އާދަމް ޝަރީފް ގޮވާލައްވައިފި

ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމަށް ގާބިލު ބޭފުޅަކު އައްޔަނު ކުރުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ގޮވާލައިފިއެވެ.

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޮރިން މިނިސްޓަރުގެ ފަހަތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުންނެވުމަކީ ސީރިއަސް ”ހައިރާކީ“ މައްސަލައެއް ކަމަށާއި އެކަމުގެ ސަބަބުން ރައީސް ސޯލިހްގެ ބާރު ދަށްވާނެ ކަމަށެވެ.

”އދ ގައި ރާއްޖޭ ޕޮޒިޝަން ނަގަހައްޓަން ދަތިވާނެ؟ ދެ މަގާމު ފުރުއްވުމުން ރާއްޖެއަށް ލިބޭ ގެއްލުން ބޮޑު. ފޮރިން މިނިސްޓަރުގެ މަގާމަށް ގާބިލު ޒުވާން ބޭފުޅަކު އައްޔަން ކުރުމަށް ގޮވާލަން“ އާދަމް ޝަރީފް ކުރެއްވި ޓުވިޓުގައި ވިދާޅުވިއެވެ.

އާދަމް ޝަރީފް މިގޮތަށް ގޮވާލައްވާފައި ވަނީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުުގެ ރައީސް އަބްދުﷲ ޝާހިދު އާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިއަދު ރާއްޖެ ވަޑައިގަތުމާއި ގުޅިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button