
މޯލްޑިވްސް ނޭޝަނަލް ޕާޓި ( އެމްއެންޕީ ) ގައި އެއްވެސް މީހަކަށް ތަބަކަކަށް ލާފައި ދޭނެ އެއްޗެއް ނޯންނަނެ ކަމުގައި އެޕާޓީގެ ނައިބް ރައީސް އަދި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުالله ރިޔާޒް ވިދާޅުވެއްޖެއެވެ.
އެމްއެންޕީ އުފެއްދުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒް ވިދާޅުވީ އެމްއެންޕީ ގައި ކަންކަން ނިންމާނީ އެޑްވައިޒަރީ ބޯޑުގެ ލަފާގެ މަތިން ކަމުގައެވެ. އަދި އެ ބޯޑުގައި ތިއްބަވާ ބޭފުޅުންނަކީ ތައުލީމީ އަދި ތަޖުރިބާ ލިބިފައިވާ ބޭފުޅުންކަން ރިޔާޒް ވަނީ ފާހަގަ ކުރައްވާފައެވެ.
”ތަބަކަކަށް ލާފައި ދޭނެ އެއްޗެއް އެންއެންޕީގައި ނޯންނާނެ“ ރިޔާޒް ވިދާޅުވިއެވެ.
ރިޔާޒް އިތުރަށް ވިދާޅުވީ އެމްއެންޕީގެ ކައުންސިލްގެ ރުހުމާއި ނުލައި އާންމު އެންމެ މެންބަރަކަށް ވެސް ޕާޓީގައި ހުރުމުގެ ފުރުސަތު ނުދޭނެ ކަމުގައެވެ.