ޚަބަރުސިޔާސީ

ނާޒިމް އުފައްދާ ޕާޓީގެ ފަހަތުގައި ރިޔާޒު

ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރ ޢަބްދުﷲ ރިޔާޒް ޖުމްހޫރީ ޕާޓީން ވަކިވެ ވަޑައިގެންފިއެވެ.

ރިޔާޒް ޖުމްހޫރީ ޕާޓީން ވަކިވެ ވަޑައިގަތީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އުފައްދަން އުޅޭ ޕާޓީގައި އިސްކޮށް ހަރަކާތްތެރި ވުމަށް ކަމުގައި ބެލެވެއެވެ.

ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުމަށް ނިންމެވީ، ކުރިއަށް އޮތް ދުވަސްތަކުގައި ސިޔާސީ ޕާޓީއެއް އުފައްދައިގެން ގައުމަށާއި ރައްޔިތުންނަށް ހިދުމަތް ކުރައްވަން ބޭނުންފުޅުވާތީ ކަމަށެވެ.

މި ޓްވީޓުގައި، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހީމްއަށް އެޑްރެސް ކުރައްވައި ފޮނުއްވާފައިވާ ސިޓީވެސް ހިމަނުއްވާފައެވެ. ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމާއި މެމްބަރުންގެ ފަރާތުން ލިބިވަޑައިގެންނެވި އެހީތެރި ކަމަށާއި، އެއްބާރުލުމަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާ ކުރާ ކަމުގައިވެސް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައި މިވަނީ، ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އާއި ދެބޭފުޅުން އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވައިފި ކަމަށް ބުނެ ބައެއް މީޑިއާތަކުން މިހަފްތާ ތެރޭގައި ރިޕޯޓުކޮށްފައި ވަނިކޮށެވެ.

ރިޔާޒްގެ އިތުރުން ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް (ޖަންގިޔާ ނާޒިމް) މިކަމުގައި ހަރަކާތްތެރި ވަމުން އަންނަކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button