ޚަބަރު

އިންޑިއާ އާއިއެކު ސަރަހައްދީ ސަލާމަތުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ސަރަހައްދީ ސަލާމާތާއި ރައްކާތެރިކަމާއި ތިމާވެށި ހިމާޔަތްކުރުން ފުޅާކުރުމުގެ ގޮތުން މިއަދު އިންޑިޔާއާއި އެކު ރާއްޖެއިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ އެވެ. އަދި އިންޑިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.

އެއްބަސްވުމުގެ ދަށުން ރާއްޖެއަށް އިންޑިއާގެ އެމްއާރްއައިޓީ ހިދުމަތްތައް ނެޝަނަލް ޑާޓާ ސެންޓަރު (އެންޑީސީ) އަދި އެތަނުގެ އެމްއާރްއައިޓީ ކޮންފޯމަންސް ޓެސްޓު ފެސިލިޓީ ހިލޭ ބޭނުން ކުރެވޭނެ އެވެ.އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަން (އައިއެމްއޯ)ގެ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތު އިތުރު އެންޑީސީއެއްގެ ބޭނުމަކާއި ނުލާ ރާއްޖެއަށް އަދާކުރެވޭނެ އެވެ. އަދި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގައި އިންޑިއާގެ އެހީތެރިކަން ރާއްޖެއަށް ލިބޭނެ އެވެ.

މި އެއްބަސްވުމުގެ ދަށުން އައިއެމްއޯ އިން އެމްއާރްއައިޓީ ސިސްޓަމެއް ރައްޖޭގައި ގާއިމުކުރާނެ އެވެ.މި ސިސްޓަމް މެދުވެރިކޮށް ބައިނަލްއަގްވާމީ އައިޑެންޓިފިކޭޝަން އަދި އުޅަނދުތަކުގެ ސަލާމަތްތެރިކަން އިތުރުކޮށް މެރިޓައިމް ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ އެވެ.

ޝިޕިން ކުންފުނި ތަކުގެ ވެރިން އަދި މެނޭޖަރުންނަށްވެސް ވަކިކަހަލަ މައުލޫމާތުތައް ލިބޭ ގޮތަށް ވެބްސައިޓެއް މެދުވެރިކޮށް އެ ކުންފުންޏެއްގެ އުޅަނދުތައް ވަގުތުން ރާއްޖެއަށް ބަލައިލެވޭނެ އެވެ. މީގެ ސަބަބުން ކުންފުނިތަކަށް އުޅަނދުތައް ވަގުތުން ވަގުތަށް ބެލެހެއްޓި ހައިޖެކްޓް ކޮށް، ނުވަތަ އެކްސިޑެންޓެއް ނުވަތަ ކާރިސާއެއް ދިމާވިޔަސް ވަގުތުން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެވޭނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button