ޚަބަރު

ފޭސް 2 އަށް ބަހުގެ ހިދުމަތް ދެނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ހިޔާ ފްލެޓް ސަރަހައްދަށް މާދަމާ ބަހުގެ ހިދުމަތް ދިނުމަށް އެމްޓީސީސީއިން ތައްޔާރުވެއްޖެއެވެ.

އެމްޓީޓީސީން ނެރުނު ބަޔާނެއްގައި ވާގޮތުން ދެވަނަ ފިޔަވަހީގައި އުޅެމުން އަންނަ މީހުންނަށް ދަތުރުފަތުރުކުރުމުގައި މިހާރު ދިމާވަމުންދާ ދަތިތަކަށް ހައްލެއް ހޯދުމަށް މާދަމާ އިން ފެށިގެން ބަހުގެ ހިދުމަތް ފަށާނެއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާގޮތުން ކޮންމެ ދުވަހަކު ވެސް ބަހުގެ ހިދުމަތް ފަށާނީ ފަތިހު 5:45 ގަ އެވެ. ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ފަތިހު 5:45 އިން ބަހުގެ ހިދުމަތް ފަށަން ނިންމާފައިވާއިރު ބަހުގެ އެންމެ ފަހު ދަތުރު ކޮންމެ ރެއަކު ވެސް އޮންނާނީ 11:45 ގަ އެވެ.

ހުކުރު ދުވަހު މެންުދުރު 12:15 އިން 1:15 އަށް ބަހުގެ ހިދުމަތް މެދުކަނޑައި ލާނެއެވެ. އެހެން ނަމަވެސް އެދުވަހުގެ އެހެން ގަޑި ތަކުގައި 30 މިނެޓުން 30 މިނެޓުން ބަހުގެ ހިދުމަތް ދޭނެއެވެ.

ހިޔާ ފްލެޓް ހިމެނޭ ސަރަހައްދަށް ބަހުގެ ހިދުމަތް މި ފަށަނީ، އެ ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށިއިރު، ޕަބްލިކް ޓްރާންސްޕޯޓް ނެތުމުން ޝަކުވާތައް އިތުރުވެފައި ވަނިކޮށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button