ޚަބަރު

ރައީސް ސޯލިހު ރ އަދި ށ އަތޮޅަށް ވަޑައިގަންނަވަނީ

ރަސްމީ ދަތުރު ފުޅެއްގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހު މާދަމާ ރ އަދި ށ އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިއްގެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރަސްމީ ދަތުރު ފުޅެއްގައި މާދަމާ ރައީސް ސޯލިހު ށ އަތޮޅަށާއި ރ އަތޮޅަށް ވަޑައިގަންނަވާނެކަމުގައެވެ.

މިދަތުރު ފުޅުގައި ރައީސް ސޯލިހު ވަނީ ށ އަތޮޅުގެ 4 ރަސަކާއި ރ އަތޮލުގެ 4 ރަށަކަސް ވަޑައިގަތުމަށް ހަމަޖެހިފައެވެ. މިދަތުރު ފުޅުގައި ށ އަތޮޅުން ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ފުނަދޫ، ޅައިމަގު، ފޯކައިދޫ އަދި މާއުނގޫދޫއަށެވެ. ރ އަތޮޅުން ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ވާދޫ، އަލިފުށި، ރަސްގަތީމުގެ އިތުރުން އަނގޮޅިތީމަށެވެ.

ރައީސް ސޯލިހު މިދިޔަ މަހުވެސް ވަނީ ތ އަތޮޅުގެ 7 ރަށަކަށް ވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button