ޚަބަރުސިޔާސީ

ރައީސް ސޯލިހް، ވޯލްޑް ކަޕްގެ ސެމީ މެޗަށް ގަތަރަށް ފުރާވަޑައިގެންފި

ރައީސް އިބްރާހިމް މުހައްމަދު ސާލިހްއާއި އަނބިކަނބަލުން ފަޒްނާ އަހްމަދު ރޭ ގަތަރަށް ފުރާވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވެއެވެ. އަދި އެ ދަތުރުފުޅުގައި ވޯލްޑްކަޕްގެ ސެމީ ފައިނަލް މެޗް ބައްލަވަން ހަމަޖެހިފައިވެއެވެ.

ވޯލްޑްކަޕްގެ މެޗެއް ބައްލަވަން، ރައީސް ގަތަރަށް ފުރުއްވަން އުޅޭކަމުގެ ހަބަރުތައް ފެތުރުމާއެކު ރައްޔިތުންގެ ފާޑުކިޔުންތައް އެކަމަށް އަމާޒުވެފައިވެއެވެ. ރައްޔިތުންގެ ފާޑުކިޔުމާ ގުޅިގެން، ގަތަރަށް ފުރާވަޑައިގަންނަވާއިރު ޓިކެޓު ރައީސް އަމިއްލަފުޅަށް ނަންގަވާގޮތަށް ހަމަޖައްސާފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް މައުލޫމާތު ލިބޭގޮތުގައި ގަތަރަށް ރައީސްގެ ދެކަނބަލުން ކުރެއްވި ދަތުރުފުޅުގައި، އެދެކަނބަލުންނާއި އެކު އަރިހުގައި ވަޑައިގެންނެވި ސެކިއުރީންނާއި އެހެނިހެން މީހުންގެ ދަތުރުގެ ހުރިހާ ހަރަދެއްވެސް ކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button