ޚަބަރުސިޔާސީ

އިންތިހާބު ބޯމަތިވާއިރަށް ސިޔާސީ ލީޑަރުން އަންނަ އައުން ނިމުމަކަށް ގެންނަން ޖެހޭ: ނަރީޝް

ގައުމަށް ގައްދާރުވެފައި ތިބި ސިޔާސީ ލީޑަރުން އިންތިހާބު ބޯމަތިވާއިރަށް ރައްޔިތުން ކުރިމައްޗަށް އަންނަ އައުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށް މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.

ނަރީޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތިމާގެ ހައްގު ގައުމުގެ ހައްގަށްވުރެ ބޮޑުކޮށް، އަމިއްލަ އެދުމަށް 9 ވަނަ ހަސަން ރަސްގެފާނުގެ ދެދަރިން ފަދައިން މިގައުމަށް ގައްދާރުވެފަތިބި ސިޔާސީ ލީޑަރުން އިންތިހާބު ބޯމަތިވާއިރަށް ރައްޔިތުން ކުރިމައްޗަށް އަންނަ އައުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށެވެ. އަދި ތާއަބަދަށް ރައްޔިތުން ގުބޯ ނުހެއްދޭނެ ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް މިފަދައިން ވިދާޅުވެފައި މިވަނީ 2023 ގެ ރިޔާސީ އިންތިހާބަށް ގިނަ ޕާޓީތަކަކުން ޝައުގުވެރިކަން ފާޅުކުރަމުން ދާ ދަނޑިވަޅެއްގައި އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button