
ދައުލަތުގެ ދަރަނިތައް ބޮޑުވެ ހަރަދުތައް ފޫބައްދަން 200 މިލިއަން ޑޮލަރު (3000 މިލިއަން ރުފިޔާ) ގެ ލޯނެއް ސަރުކާރުން ހޯދަން މަސައްކަތް ކުރާކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ނަމުަގައި އިހަވަންދިއްޕޮޅުގައި ޑޮކްޔާރޑެއް ތަރައްޤީކުރަން ކަމުގައި ގައުމު ބަގުރޫޓްވާތީ އަނެއްކާ ދައުލަތުގެ ހަރަދު ފޫބައްދަން 3000 މިލިއަން ރުފިޔާ (200 މިލިއަން ޑޮލަރު) ގެ ލޯނެއް ސަރުކާރުން ލިބޭތޯ ބަލަނީ! އިސްތިއުފާ ދޭކަށް ނުވޭތޯ؟
— Ahmed Narysh (@ahmed_narysh) October 18, 2022
ނަރީޝް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ނަމުގައި އިހަވަންދިއްޕޮޅުގައި ޑޮކްޔާރޑެއް ތަރައްޤީކުރަން ކަމަށް ބުނެ ކަމުގައި ގައުމު ބަގުރޫޓްވާތީ އަނެއްކާ ދައުލަތުގެ ހަރަދު ފޫބައްދަން 3000 މިލިއަން ރުފިޔާ (200 މިލިއަން ޑޮލަރު) ގެ ލޯނެއް ސަރުކާރުން ލިބޭތޯ ބަލަމުންދާ ކަމަށެވެ.
ނަރީޝް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިސްތިއުފާއަށް ވެސް ގޮވާލައްވާފައެވެ.