އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް 5 އަހަރުގެ ޖަލު ހުކުމެއް އިއްވި ބެންޗުގައި ހިމެނޭ ބައެއް ގާޒީންނަށް ސަރުކާރުން ސިޔާސީ ނުފޫޒު ފޯރުވިކަމަށް ބުނާ އޯޑިއޯތަކެއް ”ބޮންތި“ އަށް ލިބިއްޖެއެވެ.
ރައީސް ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވި ފަސް ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ގާޒީ ހުސެއިން ފާއިޒް ރަޝާދު ވިދާޅުވިގޮތުގައި އެ މައްސަލަ ފުރަތަމަ ބައްލަވަމުން ގެންދެވި އެ ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑު ކުރީ ހުކުމާ ގުޅިގެންނެވެ.
”ހައިލަމް ދުއްވާލީ ޕޯސްޓަކަށް ވުރެ ބޮޑަށް ހުކުމާއި ގުޅިގެން ކަމަށް މަ ބަލަނީ. އަލީ ރަޝީދުތާ ހުކުމުގެ ހުރިހާ ކަމެއް ކުރީ. ދެން އެތާ ތިބި އެއްވެސް ބަޔަކު އެއްވެސް ކަމެއް ކޫރީއަކީ ނޫންތާ. އަހަރުމެންނަށް އޮތީ ހަމައެކަނި ސޮއިކޮށްލުންތާ. އަލީ ރަޝީދުތާ ހުކުމުގެ ހުރިހާ ކަމެއް ކުރީ. ދެން އެތާ ތިބި އެއްވެސް ބަޔަކު އެއްވެސް ކަމެއް ކޫރީއަކީ ނޫންތާ. އަހަރުމެންނަށް އޮތީ ހަމައެކަނި ސޮއިކޮށްލުންތާ.“ ފާއިޒް ވިދާޅުވިއެވެ.
އޭނާ ހާމަކުރެއްވިގޮތުގައި ސިޔާސީ މީސްމީހުންގެ މައްސަލަ ބެލުމަކީ ވަރަށް ފާޑެއްގެ ކަމެކެވެ. އަދި ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކުރި ފަހުން އޭނާއަށް ނުނިދޭ ކަމަށްވެސް ފާއިޒް ވިދާޅުވިއެވެ.
”މަގޭ ބަހާވެސް އެކުގައި ހުކުމް އިއްވީ. އެކަން ކުރެވިދާނެ ބައިވަރު ގޮތް ގޮތް އޮވެދާނެ އެއްނު. ހުކުމް ރަނގަޅު ކަމަށް ބެލިކަމަށް އެއް މާނަ. އެހެންވިއްޔާ އަދި އެހެން މާނަވެސް އޮވެދާނެ އެއްނު. ތިންވަނަ މާނައެއްވެސް އައިސްދާނެ. ނުވިކުނަސް. އެހާލަތުވެސް އެބައޮތް. އަނެއްހެން ބުނަންޏާ ރަހީނު ކޮށްގެންވެސް ކުރެވިދާނެއެއްނު. އެވެސް ސިނާރިއޯއެއްނު. އެއް ކަމެއްގެ މައްޗަށް ތިން ގޮތަކަށް މި ވާހަކަ ދެކެވުނީ.“ ފާއިޒް ވިދާޅުވިއެވެ.
މި މައްސަލަ ކުރިޔަށް ގެންދިޔަ ބެންޗުގައި ހިމެނިވަޑައިގެންނެވި ގާޒީ އަލީ އާދަމް ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ލީޑާޝިޕުން މީހަކާ ބައްދަލު ކުރަން އޭނާ ގާތު އެދުނު ކަމަށެވެ. އަދި އެބޭފުޅަކާ ބައްދަލުކުރަން ދިޔަ ކަމަށާއި، ފުރަތަމަ އެއީ ކާކުކަން ނޭނގޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ދެން އެބޭފުޅާއާއި ބައްދަލުވެސް ވި. ވާހަކަވެސް ދެއްކި. އެބޭފުޅާ އަޅުގަނޑު ގާތު ދެންނެވީ އަލީ ރަޝީދު ގާޒީ އާއި އެކުގައި އަލީ އާދަމް ބެންޗުގަ އިންނާނޭ ރައީސް ޔާމީން މައްސަލައިގައި. ދެން އަޅުގަނޑު ގާތުގައި އެބޭފުޅާ ވިދާޅުވީ އަލީ އާދަމް އެއްވެސް ވާހަކައެއް ދައްކާނެ ކަމެއް ނެތޭ. ދެން އަލީ ރަޝީދު ގާޒީ ކުރިޔަށް ގެންދާނޭ. މުޅި ޝަރީއަތުގެ ކަންތައްތައް ކުރިޔަށް ގެންދަވާނީ އަލީ ރަޝީދު އޭ. ދެން އަޅުގަނޑު އިނީ ބެންޗުގަ އެބޭފުޅާ ދެންނެވި ގޮތަށް. އަޅުގަނޑަށް ހަގީގަތުގައި ނޭނގޭ އޭގަ ލިޔެފަ އޮތީ ކޯއްޗެއް ކަމެއް.
ގާޒީ އަލީ އާދަމް ވިދާޅުވީ ރައީސް ޔާމީނަށް ހުކުމް ކުރުމަށްފަހު ސުޕްރީމް ކޯޓަށް ބަދަލުވާ ވާހަކަ އޭނާ ގާތު މާ ކުރިން އަލީ ރަޝީދު ކިޔައިދެއްވި ކަމަށެވެ. އަދި ސުޕްރީމް ކޯޓަށް ބަދަލުވުމަށްފަހު ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގެ މަގާމަށް އަލީ އާދަމް ގެނައުމަށް ސަރުކާރަށް ހުށަހަޅާނެ ކަން އަލީ ރަޝީދު އާއި ހަވާލާދީ އޭނާ ވިދާޅުވިއެވެ.
”ރައީސް އޮފީހުގަ އުޅޭ އަދާލަތު ޕާޓީގެ މިނިސްޓަރު. ކާކުތަ އެއީ. އަލީ ޒާހިރު. އާނ! އަލީ ޒާހިރެއްނު ތިކޮޅާ ބައްދަލު ކުރީ. އާނ! އާނ! އަލީ ޒާހިރު. ރަނގަޅަށް ތިބުނީ.“ އަލީ އާދަމް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވި ފަސް ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ގާޒީ މުހައްމަދު ސަމީރު ވިދާޅުވިގޮތުގައި ރައީސް ޔާމީނަށް ނުހައްގު ހުކުމެއް ކުރުމުގައި އެންމެ އިސްކޮށް އުޅުއްވީ އަލީ ރަޝީދެވެ. އަދި އޯޑިއޯގައި ވާހަކަ ދައްކަމުން ކާކުކަން ނޭނގޭ މީހަކު، ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޒާހިރު ތަކުރާރުކޮށް މި މައްސަލަ ބެއްލެވި ގާޒީންނާ ބައްދަލު ކުރި ވާހަކަ އޭނާއަށް އެނގޭ ކަމަށާއި، ގާޒީންނަށް ހަަދިޔާ ތަކެއް ދިން ވާހަކަ އަޑު އެހި ކަމަށް ބުނާ އަޑު އިވެއެވެ. އޭނާ އެގޮތަށް ބުނުމުން ގާޒީ ސަމީރު އެކަން ދޮގެއް ނުކުރައްވައެވެ.
މި މައްސަލައާއި ގުޅިގެން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމާއި އިދިކޮޅު ކޯލިޝަނުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް އެމަނިކުފާނު ވަގުތުން ވަގުތަށް މިނިވަން ކުރުމަށް ސަރުކާރަށް ގޮވާލަމުންނެވެ.
މިސޮރައް ކިހާވަރެއްބާދީގެން މިއުޅެނީ ؟ ކީއްވެތަމިހާދުވަސްވަންދެން މިވާހަކަނުދައްކާހުރީ ؟ ހައްތަހާވެސް ސުވާލުއުފެދޭކަންކަން މިހުރީ
މީނަ ގާޟީކަމުގެ ހުވާކުރީ ﷲ ގަންދީ ތެދުވެރިވާނެކަމަށް ނޭގެއޭެ ބުނީމާ ގަބޫލު ކުރާނީ ކާކު