ޚަބަރުކުޅިވަރު

ގޯޓް އެނބުރި ޔުނައިޓަޑަށް

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޕޯޗުގަލްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަލުން އިނގިރޭސި ގަދަ ބާރު މެންޗެސްޓާރ ޔުނައިޓަޑާ ގުޅިއްޖެއެވެ.

ރޮނާލްޑޯ ޔުނައިޓަޑާ އަލުން ގުލުނުކަން އެކުލަބުން މިރޭގެ ވަގުތެއްގައި ވަނީ ހާމަކޮށްފައެވެ.

އުމުރުން 36 އަހަރު ވެފައި ވީނަމަވެސް ރޮނާލްޑޯގެ ކުޅުމަކަށް ބަދަލެއް ނާދެއެވެ. 5 ފަހަރެއްގެ މަތިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ ރޮނާލްޑޯ އަކީ ފުޓުބޯޅައިގެ ތާރީހުގައިވެސް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. އޭނާ ވަނީ މިހާތަނަށް 783 ގޯލު ޖަހާފައެވެ.

ރޮނާލްޑޯ އަކީ ގައުމީ ޓީމަށް ( އިންޓަރނޭޝަނަލް ގޯލް ) ވެސް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކުޅުންތެރިޔާ އެވެ. އަދި ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވެސް އެންމެ ގިނަ ގޯލު ޖެހުމުގެ ޝަރަފު ހޯދާފައިވާ ކުޅުންތެރިޔަކީ ރޮނާލްޑޯއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button