ކޮމިޝަންގެ ތަހުގީގުތައް އިތުރަށް ތަހުގީގު ކުރަން ރައީސް އޮފީިހަށް ހުށަހެޅުމުގެ ފުރުސަތު އޮންނަން ޖެހޭ: ޝަހީމް
![](https://bonthinews.com/wp-content/uploads/2021/08/57541758_2150946808323962_3178388365837860864_n.jpg)
ރިޔާސީ ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގުތަށް އިތުރަށް ތަހުގީގު ކުރަން ރައީސް އޮފީހަށް ހުށައެޅުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އޮންނަން ޖެހޭނެ ކަމަށް ޑރ މުހަންމަދު ޝަހީމް އަލީ ސައީދް ވިދާޅުވެއްޖެއެވެ.
ޑރ ޝަހީމް މިހެން ވިދާޅުވެފައި ވަނީ ޔޫތް މިނިސްޓަރ އަހްމަދު މަހުލޫފްގެ މައްސަލަ އެސެޓް ރިކަވަރީ ކޮމިޝަނުން ހިންގައިފަނީ ރަނގަޅަށް ނޫން ކަމަށް ރައީސް އޮފީހުން ރިޔާސީ ކޮމިޝަނަށް އެންގުމާއި ގުޅިގެންނެވެ.
ރިޔާސީ ކޮމިޝަނުގެ ތަހުގީގު ރަނގަޅު ނޫން ކަމަށް ރައީސް އޮފީހުން އަންގާފައިވަނީ މަހުލޫފުގެ މައްސަލާގައި ލަންކާ ރައްޔިތެއްގެ ހެކިބަސް ނަގަން އެސެޓް ރިކަވަރީ ކޮމިޝަން އިން ލަންކާގައި ހުންނަ ދިވެހި އެންބަސީ މެދުވެރިކޮށް އަމަލި ކޮއްފައިވަނީ ރަނގަޅަށް ނޫން ކަމަށް ވާތީއެވެ.
އެހެންވީމާ ތިޔަ ކޮމިޝަނުން ކޮށްފައިވާ ހުރިހާ ތަޙުޤީޤެއްގެ ޞައްޙަކަމާމެދު ސުވާލު އުފެއްދުމުގެ ޖާގަ ތިހުޅުވުނީ، ކޮމިޝަންގެ ތަޙުޤީޤުތައް އިތުރަށް ތަޙުޤީޤުކުރަން ރައީސް އޮފީހަށް ހުށަހެޅުމުގެ ފުރުޞަތު ކޮންމެ މީހަކަށް ވެސް އޮންނަންޖެހޭނެ. އެންމެނަށް ވެސް އިންޞާފު ލިބެންވާނެ. https://t.co/TIPacPWxjm
— Mohamed Shaheem Ali Saeed (@Mohamedshaheem1) August 25, 2021
މިކަމާ ގުޅިގެން ޑރ ޝަހީމް ވިދާޅުވީ ރިޔާސީ ކޮމިޝަނުން ކޮއްފައިވާ ހުރިހާ ތަހުގީގެއްގެ ސައްަކަމާއިމެދު ދުވާލު އުފެއްދުމުގެ ޖާގަ އެބަ އޮތްކަމުގައެވެ. އަދި އިންސާފަކީ ހުރިއާ އެންމެންނަށްވެސް ލިބެންޖެހޭނެ އެއްޗެއްކަމަށް ޝަހީމް ވިދާޅުވިއެވެ.