ޚަބަރު

އިސްލާމްދީނާއި ޚިލާފުނުވާނަމަ ޢިލްމުވެރިންނަށްވެސް ވާހަކަދެއްކޭނެ މަނައެއްނުކުރެވޭނެ: ޝިޔާމް

އިސްލާމްދީނާއި ޚިލާފުނުވާނަމަ ދީނީ ޢިލްމުވެރިންނަށްވެސް އެބޭފުޅުން ބޭނުން ވާހަކައެއް ބޭނުން ފޯރަމެއްގައި ދެއްކޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރުދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާއި ދިމާކޮށް ދީނީ ޢިލްމުވެރިންނަށް ދަރުސް ދިނުމަށް ހުރަސް އެޅޭފަދަ ޤަވާއިދެއް އިލެކްޝަންސް ކޮމިޝަނުން އާންމުކުރުމާއި ގުޅިގެން އިންތިޚާބު މިނިވަންވާނެތޯ އަދި އީސީ އަށް އިތުބާރު އޮތްތޯ ރޭ އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ”ބޮންތި“ ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ޝިޔާމް ވިދާޅުވީ ޢިލްމުވެރިންނަށް އެބޭފުޅުން ބޭނުންވާ ވާހަކަތައް ނުވަތަ ދީނީ ދަރުސްތައް ދިނުމުގައި ވަކިގޮތަކަށް ބައްޓަންކުރުމަށް އެންގުމަކީ އިލެކްޝަންސް ކޮމިޝަނަށް ކުރެވޭނެ ކަމެއްނޫންކަމަށެވެ. އަދި ވަކިވަކި ވާހަކައެއް ދައްކަން ޢިލްމުވެރިންނަށް ލިމިޓް ނުކުރެވޭނެކަމަށާއި، ދިވެހި ކޮންމެ ރައްޔިތަކަށްވެސް އަދި ކޮންމެ ޢިލްމުވެރިޔަކަށްވެސް އިސްލާމްދީނާއި ޚިލާފުނުވާނަމަ ބޭނުން ކޮންމެ ވާހަކައެއް ދެއްކޭނެކަމަށް ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އިންތިޚާބާއި ދިމާކޮށް އީސީން ނެރުނު ޤަވާއިދުގައި ދީނީ ދަރުސްތައް ދެއްވާއިރު އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ގުޅިގެން ވާހަކަދެއްކުން ވަނީ މަނާ ކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމު ކޮށްފައިވާ ރިޔާސީ އިންތިޚާބުގެ ޤަވާއިދުގައިވާ ގޮތުން، ދީނީ އެކިއެކި މުނާސަބަތުގައާއި، ދީނީ ދަރުސްތަކުގައާއި، އަދި ޚުޠުބާތަކުގައި ވަކި ކެނޑިޑޭޓަކަށް ނުވަތަ ވަކި ޕާޓީއަކަށް ތާއީދު ހޯދުމަށް ނުވަތަ ތާއީދު ކުޑަކުރުމުގެ ގޮތުން އެއްވެސް ވާހަކައެއް ދައްކައިގެން ނުވާނެއެވެ. އަދި އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމުގައ،ި އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު އެއްވެސް ވާހަކައެއް ދައްކާ އިސްލާމްދީނުގެ ޙުރުމަތްކެނޑޭ ފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށްވެސް އެ ޤަވާއިދުގައި ބުނެފައިވެއެވެ. މީގެ އިތުރުން، ވަކި ޖިންސެއްގެ މީހަކަށް ވާތ،ީ ނުވަތަ އިސްލާމްދީނުގައި ވަކި މަޒުހަބަކަށް އުޅެންމުންދާކަމަށް ޓަކައ،ި ނުވަތަ ވަކި ބަހުރުވައަކުން ވާހަކަދައްކާ ކަމަށް ޓަކައ،ި އެއީ ވަކި ކެނޑިޑޭޓަކަށް ވޯޓު ދިނުމަށް ނުވަތަ ވޯޓު ނުދިނުމަށް އޮތް ސަބަބެއް ކަމުގައި އެއްވެސް ބަޔަކަށް ހުށަހަޅައިގެން ނުވާނެ ކަމަށްވެސް އެ ޤަވާއިދުގައި ވެއެވެ.

އިލެކްޝަންސް ކޮމިޝަނުން މިފަދަ ޤަވާއިދެއް އާންމުކުރުމާއިއެކު މިކަމާއި ޚިޔާލުތަފާތުވުން އުފެދި، މިއީ ދީނާއި ސިޔާސަތު ވަކިކުރުން ކަމުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި އެފަދައިން ކަން ކޮށްގެން ނުވާނެ ކަމަށްވެސް އެފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button