ޚަބަރުސިޔާސީ

މި ސަރުކާރުން ދީނަށް ގޮންޖެހުން އާންމުވެއްޖެ: ޖަމީލު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިހާރު ދީނަށް ގޮންޖެހުން އާންމުވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިއަދު ކުރެއްވި ޓުވީޓްއެއްގައި މިއަދު ވިދާޅުވީ، މި ސަރުކާރުގައި ދީނަށް ފުރައްސާރަކޮށް ގިނަ ރިޕޯޓްތަކެއް ނެރުމާއި، އެކި ގޮތްގޮތަށް ދީނަށް ހަޖޫޖެހުމުގެ އިތުރު ވެއްޖެކަމަށާއި އަދި އެއްޖިންސުން ގުޅުންހިންގުމުގެ ބޮޑު ކުށް އާންމު ކޮށްފިކަމަށެވެ.

މިކަންތައްތައް މިހެން ހުރި ނަމަވެސް ސަރުކާރުގެ ތެރޭގައި ތިބި ދީނީ މީހުން ތިބީ ސަރުކާރު ދިފާއުކުރުމުގައި ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.

މިސަރުކާރު ފެނިގެން ދަނީ ދީނުގެ ކަންކަން ވަރަށް ފިނިކޮށް ނަގަމުން ސަރުކާރެއްގެ ގޮތުގައެވެ. ސަރުކާރު ކޯލިޝަންގައި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު ހިމެނޭއިރުވެސް ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ޖަލުގައި ބަންދުކުރިއިރު، ބަހެއް ނުބުނާކަން ފާހަގަވެއެވެ.

ދާދި ފަހުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތުވެސް އަޅުވާފައެވެ. އަދި ޝިރުކުގެ ނުބައި އަމަލަށް ޖާގަ ދިނުމަށްފަހު، ނަމާދު ކުރާއިރު މިސްކިތުން ބޭރަށް އަޑުމަޑުކުރަންވެސް ވަނީ އިމާމުންނަށް އަމުރުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button