ޚަބަރު

ނަޝީދާއި ޝާހިދު އިންޑިއާއަށް ވަޑައިގެން ހިމާޔަތް ކުރައްވާނީ އިންޑިއާގެ މަސްލަހަތު:ތާރިގް 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރ ޝާހިދު އިންޑިއާއަށް ވަޑައިގެން ހިމާޔަތް ކުރައްވާނީ އިންޑިއާގެ މަސްލަހަތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދާއި ޝާހިދުގެ އިންޑިއާއަށް އެއްވަގުތެއްގައި ވަޑައިގަތުމާ ގުޅިގެން މެމްބަރު ތާރިގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް ޔާމީން ތަކުރާރުކޮށް ހަނދާންކޮށްދެއްވަނީ ދިވެހީންގެ ކަންކަން ނިންމާނީ ދިވެހިންކަން ކަމަށެވެ.

އެހެން ނަމަވެސް ރައީސް ނަޝީދާއި ޝާހިދު އިންޑިޔާއަށް ގޮސްގެން ހިމާޔަތްކުރާނީ އިންޑިޔާގެ މަސްލަޙަތު ކަމަށާއި، ރައްޔިތުން ކުރިއަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ނިންމަންއޮތީ މިނިވަންކަމާއިގުޅޭ ވޯޓެއް ކަމަށް މެމްބަރު ތާރިގް ވިދާޅުވިއެވެ.
ރަސްމީ ދަތުރުފުޅެއްގައި ޝާހިދު އިންޑިއާއަށް ވަޑައިގަންނަވާއިރު، ނުރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ އިންޑިއާއަށް ވަޑައިގެންފައެވެ. މި ދެބޭފުޅުންގެ ދަތުރުފުޅުގެ ތަފްސީލް އަދިވެސް ހާމައެއް ނުކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button