ޚަބަރު
ނިޔާވެފައިވާ މީހަކު ތަހުގީގަށް ހާޒިރުވުމަށް އެންގުނީ އޮޅުމަކުން: ފުލުހުން
ނިޔާވެފައިވާ މީހަކު ފުލުހުންގެ ތަހުޤީގަށް ހާޒިރުވުމަށް އެންގުނީ އޮޅުމަކުން ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މިއަދު ކުރި އިއުލާނުގައި ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ އދ. ދަނގެތި/ ފެހިވިލާ، ޝަކްލުﷲ ޢަލީއެވެ. އޭނާ ހޯދަން އިއުލާން ކުރިއިރު، އޭނާ ވަނީ މިދިޔަ އަހަރުގެ ޖޫން 19 ވަނަ ދުވަހު ނިޔާވެފައެވެ.
މި އިއުލާނާއި ގުޅިގެން ފުލުހުން ކޮށްފައިވާ ޓުވީޓުގައި ބުނެފައިވަނީ އެ އިއުލާނަކީ އޮޅިގެން ކުރެވުނު އިއުލާނެއްކަމަށާއި، އެ ކަމަށްޓަކައި ނިޔާވެފައިވާ ފަރާތުގެ އާއިލާއާއި، އާންމުންގެ ފަރާތުން މަޢާފަށް އެދޭކަމުގައެވެ.
ފުލުހުން ވަނީ މިހާރު އެ އިއުލާން ފުލުހުންގެ ވެބްސައިޓުން ނަގާފައެވެ.
Fail vefa thandhoru nudhanna buraathinnaai gamaarun thibey than thanun vaane aanmukoh thiyahen.