ލިވާތުކުރި މައްސަލައާ ގުޅިގެން ދައުވާ އުފުލާފައިވާ އަލަމްގީރްގެ ޝަރީއަތް މާދަމާ ފަށަނީ
ލިވާތުކުރި މައްސަލައާ ގުޅިގެން ދައުވާ އުފުލާފައިވާ އަލަމްގީރްގެ ޝަރީއަތް މާދަމާ ފަށަން ތާވަލްކޮށްފިއެވެ.
އަލަމްގީރްގެ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ހަތަރެއް ޖަހާއިރުއެވެ.
އަލަމްގީރުގެ މައްޗަށް ވަނީ ތިން ދައުވާއެއް ކޮށްފައެވެ. އޭނާގެ ޝަރީއަތް މާދަމާ އޮތްއިރު، މި އަޑުއެހުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސިއްރު ކޮށްގެންނެވެ.
ލިވާތު ކުރި ކަމުގެ ދައުވާ ބަންގްލަދޭޝްގެ އަލަމްގީރްގެ އިތުރުން މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަހުމަދު ނާޒިމް އަބްދުއްސައްތާރު، ނޮޅިވަރަން ދާއިރާގެ ކުރީގެ މެންްބަރު އަދި ޑީއާރުޕީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު އަދި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއު (ދޮންދިގު)ގެ މައްޗަށް ކޮށްފައިވެއެވެ.
އެއްޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތުގައި މީގެކުރިން ހައްޔަރުކުރި މީހުންގެ ތެރެއިން އަލަމްގީރް ފިޔަވާ ބާކީ ތިބި އެންމެން އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނަ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމުމާ ގުޅިގެން އެމީހުން ވަނީ ބަންދުން ދޫކޮށްލާފައެވެ.
ސާބަސް ސަދޫމު ނަން ވަނީ