ޚަބަރު

ރިޒާވް ފޫބެއްދުމަށް ސަރުކާރުން 1.5 ބިލިއަން ރުފިޔާގެ ދަރަނި އަނެއްކާވެސް ނަގައިފި

ދައުލަތުގެ ރިޒާވް ފޫބެއްދުމަށް ކަމަށްބުނެ އަނެއްކާވެސް ސަރުކާރުން 1.5 ބިލިއަން ރުފިޔާގެ ދަރަނި ނަގައިފިއެވެ.

ދައުލަތުގެ ރިޒާވް ރަނގަޅުކުރުމަށް މިއަހަރު ބޭރު ގައުމުތަކުން ދަރަނީގެ ގޮތުގައި ހޯދަން ބަޖެޓުގައި ހިމަނާފައިވާ 200 މިލިއަން ޑޮލަރުގެ ތެރެއިން 100 މިލިއަން ޑޮލަރު (1.5 މިލިއަން ރުފިޔާ) މިހާރު ލިބިފައިވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ.

އަމީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.

އިލްޔާސް ގެ ސުވާލުގައި އެއްސެވީ ސެޕްޓެމްބަރު، އޮކްޓޯބަރު، ނޮވެމްބަރު އަދި ޑިސެމްބަރުމަހު ދައުލަތުން ދަރަނި އަދާކުރުމަށް ޚަރަދުކުރާނެ މިންވަރަކީ ކޮބައިތޯއާއި، މި އަހަރު ނިމޭއިރު ދައުލަތުގެ ރިޒާވަށް އިތުރުވާނީ ކިހައި ފައިސާއެއްތޯއާއި އެ ފައިސާއަކީ ކިހިނެއް ލިބޭ ފައިސާއެއްތޯއެވެ.

އެ ސުވާލުގެ ޖަވާބުގައި އަމީރު ވިދާޅުވީ މިއަހަރު ނިމޭއިރު މަޖިލީހުން ފާސްކުރި ބަޖެޓު ޕްލޭނާ އެއްގޮތަށް ދައުލަތުގެ ރިޒާވް ހުންނާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށާއި،އަދި ފާސްކުރި ބަޖެޓު ޕްލޭނުގައި ރިޒާވް ރަނގަޅުކުރުމަށް 200 މިލިއަން ޑޮލަރު ބޭރުގެ މާކެޓުން ހޯދަން ހިމަނާފައިވާކަމަށެވެ.

އެ ފައިސާގެ ތެރެއިން މިހާތަނަށް 1.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި، އިތުރު 100 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރައްވަމުންގެންދަވާ ކަމަށް އަމީރު ވިދާޅުވިއެވެ.

އެހެންނަމަވެސް އަހަރުގެ ބާކީ އޮތް 4 މަހު ބޭރުގެ ދަރަނި އަދާކުރުމަށް ޚަރަދުވާނެ ފައިސާގެ އަދަދު ހާމަކުރެއްވުމަށް ދެކޮޅު ހައްދަވަމުން އަމީރު ވިދާޅުވީ އެ އަދަދު ވަކިން މެންބަރު އިލްޔާސްއާ ހިއްސާކުރައްވާނެ ކަމަށެވެ.

ރައީސް ސޯލިހުގެ ސަރުކާރަށް 4 އަހަރު ވެގެން ދިޔައިރު ތަރައްގީގެ މާބޮޑު މަޝްރޫއު ތަކެއް ހިންގިފައިނުވިނަމަވެސް ދައުލަތުގެ ދަރަނީގެ އަދަދު މަތިވެ ރާއްޖޭގެ ރިޒާވް ދައްވަމުންދާތީ ދުނިޔޭގެ މާލީ އިދާރާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް ދިވެހި ރާއްޖެ ބަނގުރޫޓް ވެދާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button