ޚަބަރު

ލިވާތު މައްސަލައިގައި އިތުރު 3މީހަކު ހައްޔަރު ކޮށްފި

ބަނގްލަދޭޝްގެ އަލަމްގީރު އާއި އެކު ލިވާތު ކުރި މައްސަލައިގައި އިތުރު 3 މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ކޯޓުންޖަހައިފިއެވެ.

6 ސެޕްޓެންބަރު 2022 ވަނަ ދުވަހު މި ތިންމީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވިއެވެ. ހައްޔަރުކޮށްފައިވާ ތިން މީހުންނަކީ 45 އަހަރުގެ މީހަކާއި، 47 އަހަރުގެ މީހަކާއި 49 އަހަރުގެ މީހެއްކަމަށްވެސް ބުނެފައިވެއެވެ.

ފުލުހުން ބުނި ގޮތުގައި އެ މީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 45 އަހަރުގެ މީހާގެ ބަންދަށް ކޯޓުން 5 ދުވަސް ޖަހާފައިވާއިރު, 47 އަހަރުގެ މީހާއާއި 49 އަހަރުގެ މީހާގެ ބަންދަށް ވަނީ 14 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އަލަމްގިރާއެކު ޖިންސުން ގުޅުންހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވިއެވެ. އެ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް)، އަދި ފުލުހެއް ކަމުގައިވާ ޢަބްދުއްރަޙްމާން ރަފީއު (ދޮންދިގު)އެވެ.

މި އެންމެން ހައްޔަރުކުރި ނަމަވެސް ޕީޖީ އޮފީހުގެ އެދުމުގެ މަތިން އެ އެންމެންވެސް ބަންދުން ދޫކޮށްލާފައިވަނީ,  ޕީޖީ އޮފީހުން ލަފާދީ ލިވާތުކުރުމުގެ ކުށަކީ ޤާނޫނީ ގޮތުން ބޮޑު ކުށެއް ކަމުގައިނުވާތީކަމަށް ބުނެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ އަލަމްގިރި ކުށަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް ކުރިމިނަލް ކޯޓުން 7 މަހުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ. 7 މަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާފައިވަނީ ލުއި އަދަބު ދޭ ޤާނޫނުން އޭނާގެ މައްޗަށް ޕީޖީ ދައުވާކުރެއްވުމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button