ޚަބަރު

މިސްކިތުގެ ހުރުމަތް ކަނޑާ ވީޑިއޯ އާއި ގުޅިގެން އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފި

މިއަދު ބިދޭސީ އަންހެނަކު މިސްކިތުގައި ޢައިރު ދީނުގެ އަޅުކަންކުރާ މަންޒަރު ފެންނަ ވީޑިއޯ އަކާ ގުޅިގެން އިދިކޮޅު ކޯލިޝަނުގެ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މިއަދު އާންމުވެފައިވާ އެ ވީޑިއޯއިން ފެންނަނީ ބިދޭސީ އަންހެނަކު ހުކުރު މިސްކިތުގައި އިނދެގެން ޣައިރު ދީނުގެ އަޅުކަމެއް ކުރާ މަންޒަރެވެ.

އެ ވީޑިއާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާވީ މިކަމަކީ ސަރުކާރުން ޒިންމާނަގަން ޖެހޭނޭ ކަމެއް ކަމުގައެވެ. މީގެ އިތުރުން އާދަމް ޝަރީފް ވަނީ މިސްކިއްތައް ބެެލެހެއްޓުމަށާއި މުންކަރާތްތައް ހުއްޓުވުމަށް ސަރުކާރަށް ގޮވާލާފައެވެ.

ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ސިފަކުރެއްވި ގޮތުގައި މިކަމަކީ ބަޔަކު މީހުން ރާވައިގެން ހިންގާ ހީލަތްތެރި ރޭވުމެކެވެ. އަދި މި ވެރިކަމުގައި އެކިއެކި ގޮތްގޮތުން އިސްލާމްދީނަށް ފުރައްސާރަ ކުރުން އިތުރުވެފައިވާކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

”ﷲ ގެ ގެކޮޅަށް ފުރައްސާރަ ކުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅަންޖެހޭ.“ ޑރ.ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުން މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވީ މިފަދަ ކަންކަން ހިންގަނީ ރާއްޖޭގައި އޮތް އަނދިރި ދައުލަތުން ކަމަށެވެ.

މިއަދު އާންމުވި ވީޑިއޯއާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މިކަމާ ގުޅިގެން ފުލުހުން އަދި އެއްޗެކޭ ބުނެފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button