ޚަބަރު

ރާއްޖޭގައި މިވަގުތު އޮތް އަނދިރި ދައުލަތަކީ ދިވެހި ދައުލަތުގެ ތެރޭގައި ހިނގަމުން އަންނަ ބޭރުގެ ދައުލަތް: ކެޕްޓަން އިހުސާން

ރާއްޖޭގައި މިވަގުތު އޮތް އެންމެ އަނދިރި ދައުލަތަކީ ދިވެހި ދައުލަތުގެ ތެރޭގައި ހިނގަމުން އަންނަ ބޭރުގެ ދައުލަތެއްކަމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ( އެމްއެންޑީއެފް ) ގެ ކުރީގެ ކެޕްޓަން އަލީ އިހުސާންވިދާޅުވެއްޖެއެވެ.

އަލީ އިހުސާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އިހުސާން ވިދާޅުވީ މި ދައުލަތުގެ ކިބައިން ސަލާމަތް ނުވެވިއްޖެ ނަމަ އަޅުގަނޑުމެން ދިވެހިންގެ ދަރިންނަށް މިނިވަންކަމުގެ ”އަލި“ ނުފެނުން ވަރަށް ގާތް ކަމުގައެވެ.

އިހުސާން އިތުރަށް ވިދާޅުވީ މިކަމާއިމެދު ފާރަވެރިވެ ފިޔަވަޅުއެޅުމަކީ ގައުމީ ވާޖިބެއް ކަމުގައެވެ.

އިހުސާން މިފަދައިން ވިދާޅުވެފައިމިވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން މިގައުމު ދޫކޮށްދިޔުމަށް ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ގޮވަމުން އަންނަ ދަނޑިވަޅެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button