ޚަބަރުސިޔާސީ

ގާނޫނުލް އުގޫބާތުގައި ހުރި ކަންކަން ތަކުރާރު ކުރުމުގެ ބަދަލުގައި ތަންފީޒު ކުރޭ: ޑރ.ޝަހީމް

ގާނޫނުލް އުގޫބާތުގައި ހުރިކަންކަން އިތުރު ބިލުތަކުގައި ތަކުރާރު ކުރުމުގެ ބަދަލުގައި އެކަންކަން ތަންފީޒު ކުރުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.

ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނުތަކުގައި މިހާރުވެސް ހުރިކަންކަން ނަފްރަތުގެ ބިލުގައި އިތުރަށް ތަކުރާރު ކުރަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމުގައެވެ.

ޝަހީމް ވިދާޅުވީ ގާނޫނުލް އުގޫބާތާއި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރާ ގާނޫނުގައި އަދި އެހެނިހެން ގާނޫނުތަކުގައި އިސްލާމްދީނަށް ތައުހީން ކުރުމާއި ދީނީ އެއްބައިވަންތަކަމަށް ލޮޅުން އަރާފަދަ ކަންކަން ކުރާ މީހުންނަށް ފިޔަވަޅު އެޅޭނެ ގޮތް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް ހިތާމައަކީ އެކަންކަން ތަންފީޒު ނުކުރެވޭތީކަން ޝަހީމް ވަނީ ފާހަގަ ކޮށްފައެވެ.

ޝަހީމް މިފަދައިން ވިދާޅުވެފައި މިވަނީ ނަފްރަތުގެ ބިލުގައި ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ލިބޭ އަދަބުތަކުގެ ވާހަކަ ނެތް ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒާހިރު އަލީ ވިދާޅުވުމާއި ގުޅިގެންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button