ޚަބަރު

ޖިންސީ ފުރައްސާރު ކުރި ޕްރިންސިޕަލަށް ދިނީ ޕްރޮމޯޝަން

ޖިންސީ ފުރައްސާރަ ކުރި ޕްރިންސިޕަލަކަށް އެޑިއުކޭޝަން މިނިސްޓްރީ އިން ޕްރޮމޯޝަން ދީފައިވާކަމަށް ޓީޗަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

ޓީޗާރސް އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިއްޒުއްދީން ސްކޫލުގައި މަސައްކަތް ކުރި ޕްރިންސިޕަލް އެ ސުކޫލުގައި މަސައްކަތް ކުރި 4 ޓީޗަރަކަށް ޖިންސީ ފުރައްސާރަ ކުރިކަން އެޑިއުކޭޝަން މިނިސްޓްރީގެ ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުމުގެ މައްސަލަ ބަލާ ކޮމެޓީއަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ޕްރިންސިޕަލްގެ މައްޗަށް އެކަން ސާބިތުވާ ކަމަށާއި އޭނާގެ މައްޗަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށެވެ. އެހެން ނަމަވެސް އޭނާއަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އެހެން ސުކޫލަކަށް ބަދަލު ކުރުމަށްފަހު ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވި 4 ޓީޗަރުން އެހެން ސުކޫލަކަށް ބަދަލު ކުރުމަކީ އެ ޖަމްއިއްޔާގެ ކަންބޮޑުވުމެކެވެ.

ޓީޗަރުންގެ އެސޯސިއޭޝަނުން ވަނީ އެ މައްސަލަ ބަލައިދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލާފައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button