
އެސްޓިއޯއިން ވިއްކާ ތެލުގެ އަގު ބޮޑު ކޮށްފިއެވެ.
އެސްޓީއޯއިން ބުނީ އަގަށް ގެނައި ބަދަލާއިއެކު ޑީސަލް ލިޓަރެއްގެ އަގަކީ -/10.95 އަދި ޕެޓްރޯލް ލީޓަރެއްގެ އަގަކީ -/10.72 ކަމަށެވެ.
އެސްޓިއޯ އިން ބުނި ގޮތުގައި ތެލުގެ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވުމާއި ގުޅިގެންނެވެ.
އެސްޓިއޯއިން އެންމެ ފަހުން ތެލުގެ އަގު ބޮޑުކުރީ މިދިޔަ މާޗް މަހު އެވެ. އޭރު ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 8.85 ރުފިޔާއަށް އަދި ޑީސެލް ލީޓަރެއް ވިއްކަމުން އައީ 9.79 ރުފިޔާއަށެވެ. އެހެންކަމުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން -/1.87 ފުފިޔާ އަދި ޑީސެލް ލީޓަރަކުން -/1.16 ރުފިޔާ ވަނީ ބޮޑުވެފައެވެ.
ކޯވިޑް-19ގެ ހާލަތާއި ގުޅިގެން ތެލުގެ އަގު ދައްވުމަށްފަހު ތެލުގެ ޑިމާންޑު އިތުރު ވުމާގުޅިގެން ތެލުގެ އަގު އަންނަނީ އުފުލެމުންނެވެ.