ޚަބަރުސިޔާސީ

ޑިމޮކްރަސީ ހިފަހައްޓާނަމަ ޕީޖީ ނުހުންނަވާނެ: ޖަމީލް

ރައްޔިތުންގެ މަޖިލީހުން ޑިމޮކްރަސީ ހިިފަހައްޓާނަމަ ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ޝަމީމް މިހާރު ޕީޖީގެ މަގާމުގައި ނުހުންނަވާނެކަމަށް ޑރ.ޖަމީލް ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އެކި މައްސަލަ ތަކުގައި ޕީޖީ ތަފާތުކުރުން ގެންގުޅޭކަން ފާހަގަ ކުރައްވާފައެވެ. އެ ގޮތުން ޖަމީލް ވަނީ ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުގެ މައްސަލަ އާއި އިދިކޮޅު ލީޑަރު އަދި ކުރީގެ  ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ މިސާލަކަށް ނަންގަވާފައެވެ. ޖަމީލް ވިދާޅުވިގޮތުގައި މަހުލޫފުގެ މައްސަލަ ދައުވާ ކުރެވޭނެ ދުވަހެއް ނެނގޭ އިރު ހޭލާ ހުރެ 24 ގަޑިއިރުވެސް ނުވަނީސް ރައީސް ޔާމީންގެ މައްސަލައިގައި ޕީޖީއަށް ދައުވާ ކުރެވުނުކަމުގައެވެ.

މީގެ އިތުރުން ޖަމީލު ވިދާޅުވިގޮތުގައި ޖިނާއީ މައްސަލަ ތަކަކީ މުޅި ރައްޔިތުންގެ ހައްގުތަށް އޭގައި އެކުލެވޭ ކަމަށްވާއިރު އިންސާފުން މައްސަލަތަށް ނިންމުމަކީ ވަރަށް މުހިންމު ކަމެކެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button