ޚަބަރުސިޔާސީ

ހިޔާ ފްލެޓަކީ ސޯޝަލް ހައުސިން، ކުއްޔަށް 8،500 މާ ބޮޑު: އަލީ އާޒިމް

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހުޅުމާލެ ފޭސް 2 ހިއްކުމަށްފަހު ބިނާކުރި ހިޔާ ފްލެޓްތަކަށް މި ސަރުކާރުން ކަނޑައެޅި ކުލި ބޮޑު ކަމަށް އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އަލީ އާޒިމް ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހިޔާ ފްލެޓްތަކަކީ ސޯޝަލް ހައުސިން އަށް އަމާޒުކޮށްގެން ބިނާކުރެވިފައިވާ ފްލެޓްތަކެއް ކަމަށެވެ.

”އެތަނަށް ވަންނަ ފަރާތްތަކުގެ އެވްރެޖް އާމްދަނީ އަކީ 5،000ރ. ދެން ކިހިނެތްތޯ 8،500ރ ކުލީގެ ގޮތުގައި ދައްކާނީ“ އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވިގޮތުގައި ސަރުކާރުން އެކަމަށް ހައްލެއް ނުހޯދައިފިނަމަ ގަވައިދުން ކުލި ދައްކާ ފަރާތްތައް މަދުވާނެއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ނިންމީ ފެލްޓެއް 5،600 ރުފިޔާއަށް ދިނުމަށެވެ. އެއީ ފިނިޝިންގ މަސައްކަތްވެސް ސަރުކާރުގެ ހަރަދުގައި ކުރުމަށް ފަހުގައެވެ. އެހެން ނަމަވެސް ފިނިޝިންގެ މަސައްކަތް ނުހިމަނައި މެއިންޓެނެންސް ފީއާއި އެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވީ ފެލްޓް ލިބޭ ފަރާތްތަށް ކޮންމެ މަހަކު 8،500 ރުފިޔާ ދެއްކުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button