ޚަބަރުކުޅިވަރު

ޔޫރޯގެ ޓީމް އޮފް ދަ އިޔާއަށް ގިނަބައެއްގެ ފާޑުކިއުން

ޔޫރޯ 2020 ގެ ޓީމް އޮފް ދަ އިޔާއަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒު ވެއްޖެއެވެ.

އިއްޔަ އާންމުކުރި ޓީމް އޮފް ދަ އިޔާރ އަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ. އެގޮތުން އެންމެ ބޮޑު ފާޑު ކިޔުމެއް އަމާޒުވެފައިވަނީ ގޯލްކީޕަރުގެ މަގާމަށް އެންމެ ގިނަ ސޭވް ކުރި ކުޅުހުންތެރިޔާ ނެތުމާއި ފޯވާޑަކަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ ނެތުމުގެ މައްސަލައެވެ.

ޔޫރޯ ޓީމް އޮފްދައިޔާގައި ގޯލްކީޕަރެއްގެ ގޮތުގައި ހިމަނާފައިވަނީ އިޓަލީގެ ގޯލްކީޕަރު ޖިއާންލުއިޖީ ޑޮނަރުންމާއެވެ. އެހެން ނަމަވެސް މި މުބާރާތުގައި އެންމެ ގިނަ ސޭވް ކޮށް އެންމެ މޮޅު ކުޅުމެއްދައްކާފައިވަނީ ސްވިޒަލޭންޑުގެ ގޯލް ކީޕަރު ޔާން ސޮމާއެވެ. ސޮމާ ވަނީ މި މުބާރާތުގައި 21 ސޭވް ކޮށްފައެވެ. ޓީމް އޮފް ދަ އިޔާރ ގައި ހިމާނާފައިވާ ޑޮނަރުންމާއަށްވުރެ 12 ސޭވް އިތުރަށް ސޮމާ ކޮށްފައިވެއެވެ.

ޓީމް އޮފް ދަ އިޔާގެ ފޯވާޑެއްގެ ގޮތުގައި  ހިމަނާފައިވަނި ބެލްޖިއަމްގެ ރޮމެލޫ ލުކާކޫއެވެ. އެހެން ނަމަވެސް މި މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ކްރިސްޓިއާނޯ ރޮނާލްޑޯ ހިމަނާފައެއް ނުވެއެވެ. ލުކާކޫ އަށް 5 މެޗުން ޖެހިފައިވަނީ އެންމެ 3 ލަނޑެވެ. އަދި އެސިސްޓެއް ކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް ރޮނާލްޑޯ ވަނީ 4 މެޗުން 5 ލަނޑު ކާމިޔާބުކޮށް އެސިސްޓެއް ކޮށްފައެވެ.

މިއަހަރުގެ ޔޫރޯގެ ވަކި ވަކި އިނާމުތައް ދީފައިވަނި އެއްވެސް އުސޫލަކަށް ބެލުމެއްނެތި ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button