މިފަހަރުވެސް އީދުނަމާދު ބޮޑު ޖަމާއަތުގައި ނުބާއްވަން ނިންމައިފި

މި އަހަރުގެ ބޮޑު އީދު ނަދާމު ބޮޑު ޖަމާތުގައި މާލޭ ސަރަހައްދުގައި ނޯންނާނެ ކަމަށް އިސްލާމިކް މިނިސްޓަރީން ބުނެފި އެވެ.
އިސްލާމިކް މިނިސްޓްރީ އިން މިއަދު ބުނިގޮތުގައި އީދު ނަމާދު ޖަމާއަތުގައި ނުކުރަން ނިންމީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕިއޭ)ގެ ގައިޑްލައިން ތަކަށް ތަބާވުމުގެ ގޮތުން ގިނަ ބަޔަކު އެއްފަހަރާ އެއްތަނަކަށް އެއްވުން ހުއްޓުވުމުގެ ގޮތުންނެވެ.
ނަމަވެސް މާލޭގައި ހުކުރު ނަމާދު ކުރާ ހުރިހާ މިސްކިތެއްގައި ވެސް އީދު ނަމާދުގެ ޖަމާއަތް އޮންނާނެއެވެ. އަދި ކޮވިޑުގެ ހާލަތު ގޯސްވެ މޮނިޓަރިންގައިވާ ރަށްރަށް ނޫން އެހެން ރަށްރަށުގައި އީދު ނަމާދު ޖަމާއަތުގައި ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ކޯވިޑް-19 ގެ ހާލަތާ ގުޅިގެން މިދިޔަ އަހަރުވެސް މާލޭ ސަރަހައްދުގައި ބޮޑު އީދު އަދި ކުޑަ އީދު ނަމާދު ޖަމާއަތުގައި ކޮށްފައެއް ނުވެއެވެ. އަދި މި އަހަރުގެ ފިތުރު އީދުވެސް ބޮޑު ޖަމާއަތުގައި ކޮށްފައެއް ނުވެއެވެ.