ޚަބަރުސިޔާސީ

ވަކީލަކާ ނުލާ ތަހުގީގު ކުރިޔަށް ގެންދިޔުމަކީ ޣައިރުޤާނޫނީ އަމަލެއް: ޑރ.ޖަމީލް

ވަކީލަކާއި ނުލައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ތަހުގީގު ފުލުހުން ކުރިޔަށް ގެންދިޔުމަކީ ޣައިރުގާނޫނީ އަމަލެއް ކަމަށް، ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ. ޑރ.ޖަމީލް މިހެން ވިދާޅުވެފައިވަނީ މިއަދު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.

ޑރ.ޖަމީލްގެ ޓްވީޓުގައި ވަކީލުންގެ ހައްގަކީ ކޮންމެ ދިވެހި ރައްޔިތަކަށްވެސް ގާނޫނު އަސާސީއިން ކަށަވަރު ކޮށްދީފައިވާ ޙައްގެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީން މިއަދު ފުލުހަށް ހާޒިރުކުރިއިރު މިހައްގުން މަހުރޫމް ކޮށްފައިވާތީ، ޑރ.ޖަމީލް ވަނީ އެކަން ކުށްވެރި ކުރައްވާފައެވެ.

ރައީސް ޔާމީން ފުލުހަށް ހާޒިރުކޮށްފައިވަނީ ތަހުގީގު ނިމި، ބަޔާނުގައި ސޮއި ކޮށްފައިވާ މައްސަލައެއްގައި ކަމަށް ޑރ.ޖަމީލް ވަނީ ވިދާޅުވެފައިވެއެވެ. ޑރ.ޖަމީލް އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ފުލުހުންގެ އަމަލުތަކުން ރައީސް ޔާމީންގެ ގާނޫނީ ހައްގުތަކަށް ގެއްލުންވެއެވެ. އަދި މި ކަމުގެ ސަބަބުން ތަހުގީގުގެ އިންސާފުވެރި ކަމަށް ހުރަސް އެޅޭ ކަމަށްވެސް ޑރ.ޖަމީލް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button