އަލީ ވަހީދުގެ އޮންލައިން ޝަރީއަތުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަނީ
ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ޕްރޮސެކިއުޓަރ ޖެނެރަލް ނިންމަވައިފިއެވެ.
އަލީ ވަހީދުގެ މައްސަލަ ކްރިމިނަލް ކޯޓުން އޮންލައިންކޮށް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ހައިކޯޓުގައިވެސް ވަނީ އިސްތިއުނާފު ކޮށްފައެވެ. ނަމަވެސް އެ ކޯޓުން ވަނީ އެ މައްސަލަ ނުބެލޭނެ ކަމަށް ނިންމާފައެވެ.
އަލީ ވަހީދުގެ މައްޗަށް ކުރެވޭ ދައުވާތަކުގެ ތެރޭގައި ޖިންސީ ގުނަވަން ދެއްކި ކަމުގެ ދައުވާއާއި، ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާއާއި، ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާއާއި، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން، ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ ހިމެނެއެވެ.
ޕްރޮސެކިއުޓާ އޮފީހުން ބުނާ ގޮތުގައި ރާއްްޖޭގެ ގާނޫނީ އިހްތިސާސް ނުހިނގާ ތަނެއްގައި ހުރެގެން ހިންގާ ޝަރީއަތް ގަނޫނާއި ހިލާފުވާނެއެވެ.