ޚަބަރު
އިޓްސް ކަމިން ޓު ރޯމް އޯ ހޯމް

ޔޫރަޕުގައި ބާއްވާ އެންމެ ޝަރަފުވެރި ފުޓުބޯޅަ މުބާރާތް ކަމުގައިވާ ޔޫރޯ މުބާރާތުގެ ފައިނަލް މެޗް މިރޭ އޮންނާނެއެވެ.
މި މެޗުގައި ވާދަކުރާނީ މި މުބާރާތް 1968 ވަނަ އަހަރު ކާމިޔާބު ކޮށްފައިވާ އިޓަލީ އާއި އަދި އަލަށް ވެސް މި މުބާރާތް ކާމިޔާބު ކުރުމުގެ ޝަރަފު ލިބިފައި ނުވާ އިންގްލޭންޑެވެ.
މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައެވެ. މި މެޗް ކުޅޭނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 12:00 ގައެވެ.
24 ޓީމު ވާދަކުރާ މި މުބާރާތުގެ ފައިނަލާއި ހަމައަށް އައިސްފައިވާއިރު މި ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއްވަނީ ފެނިގެން ގޮސްފައެވެ.
މި މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކީ ޕޯޗުގަލްގެ ތަރި އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.