ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓައިދެވެން ނެތް ކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.
ހައި ކޯޓުން މިގޮތަށް ކަނޑައެޅީ މިއަދުއެވެ.
މީގެ ކުރިން 2 ފަހަރެއްގެ މަތިން ޕީޖީން އަލީ ވަހީދުގެ ޕާސްޕޯޓުގެ މައްސަލައިގައި ކޯޓަށް ގޮސްފައިވެއެވެ. އެހެންނަމަވެސް އެ ހުރިހާ ފަހަރަކުވެސް އެކިއެކި ސަބަބުތަކާ ހުރެ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓޭ ގޮތެއް ވަނީ ނުވެފައެވެ.
Re Prosecutor General (2021/HC-A/B12/61)
Judgement Details: https://t.co/Dp9XLbNJCc pic.twitter.com/SDhNr7KzJM— High Court of Maldives (@mvhighcourt) October 6, 2021
އަލީ ވަހީދުގެ ޕާސްޕޯޓް މައްސަލައިގައި ހައިކޯޓުން މިއަދު ހުކުމް ކުރިއިރު، މިދިޔަ ހަފުތާގައި ޕީޖީއާ ހައިކޯޓުގެ ފަނޑިޔާރުންވަނީ ހޫނު ސުވާލުތަކެއް ކުރައްވާފައެވެ.